ނަކްޝްގެ ރޯލް ކުޅޭ ރިޝީ ދޭވް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވަކިވަނީ
ނަކްޝްގެ ރޯލް ކުޅޭ ރިޝީ ދޭވް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވަކިވަނީ

ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނަކްޝްގެ ރޯލް ކުޅެމުން އަންނަ އެކްޓަރު ރިޝީ ދޭވް ސިލްސިލާ އިން ވަކިވާން ނިންމައިފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ޒުވާން އެކްޓަރު ސިލްސިލާ ދޫކޮށްލަން ނިންމީ އޭނާ ކުޅެމުން އަންނަ ކެރެކްޓާގައި މިހާރު މާ ބޮޑު ޝައުގުވެރި ކަމެއް ނެތުމާ އެކު، އަމިއްލަ ޔޫޓިއުބް ޗެނެލްގެ މަސައްކަތަށް ވަގުތު ހޯދުމުގެ ގޮތުންނެވެ.

މީގެ ނުވަ އަހަރު ކުރިން ފެށިގެން ސްޓާ ޕްލަސް އިން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ރިޝީ ކުޅެމުން އަންނަނީ ސިލްސިލާގެ ބަތަލާ ޝިވާންގީ ޖޯޝީ (ނައިރާ) ގެ ބޭބެގެ ރޯލެވެ. އަދި އޭނާއަކީ ނައިރާގެ ފިރިމީހާ ކާތިކް (މުހްސިން ހާން) ގެ ދައްތަ ކީރުތީ (މޮހެނާ ސިންގް) ގެ ފިރިމީހާ އެވެ. ރިޝީ ސިލްސިލާއާ ގުޅުނީ 2016 ގަ އެވެ.

ނަކްޝް (ލައްލާ) "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވަކިވާން ނިންމާފައިވާ އިރު، މި ސިލްސިލާގައި ކުރިން ލީޑް ރޯލް ކުޅުނު ތަރިން ވެސް ވަނީ 2015 ގައި ސިލްސިލާ ދޫކޮށްލައިފަ އެވެ.

އެއީ ނަކްޝްގެ މަންމަގެ ރޯލް ކުޅުނު އަކްޝަރާ އަދި މިހާރު "ކަސޯޓީ" ގައި ކޮމަލިކާގެ ރޯލް ކުޅެމުން އަންނަ (ހީނާ ހާން) އާއި ބައްޕަ ނައިތިކްގެ ރޯލް ކުޅުނު (ކަރަން މެހެރާ) އެވެ.

ރިޝީ، 26، ވަނީ މީގެ ކުރިން "ބަލިކާ ވަދޫ" އާއި "ބަޅީ ބެއްޔާ ކީ ދުލްހަނިޔާ" އަދި "ޔޭ ހޭ އާޝިގީ" ފަދަ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.