ބިޔޯންސޭ ކޮންސަޓަކަށް އަންނަ އަހަރު އިންޑިއާ އަށް؟
ބިޔޯންސޭ ކޮންސަޓަކަށް އަންނަ އަހަރު އިންޑިއާ އަށް؟

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އަންނަ އަހަރު ކޮންސަޓަކަށް އިންޑިއާ އަށް ދާން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މީޑިއާތަކުން މި ވާހަކަ ރިޕޯޓްކޮށްފައި ވަނީ މި މަހުގެ ކުރީކޮޅު އިންޑިއާގެ ދެ މަހުޖަނުން ކަމަށްވާ މުކޭޝް އަމްބާނީ އާއި އަޖޭ ޕިރަމަލްގެ ދެ ދަރިންގެ ކައިވެނީގެ ޕްރީ ވެޑިން ހަރަކާތުގެ ތެރޭގައި ވެސް ބިޔޯންސޭ ޕަފޯމްކޮށްފައި ވަނިކޮށެވެ.

ނަމަވެސް މިހާތަނަށް 22 ގްރެމީ ހާސިލުކޮށްފައިވާ 37 އަހަރުގެ ލަވަކިޔުންތެރިޔާ އިންޑިއާ އަށް ދާނެ އިރެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި އިންޑިއާގެ ކޮންސަޓާ ބެހޭ ގޮތުން ބިޔޯންސޭ ވެސް އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ލެމަޑޭނެޑް" ފަދަ ހިތްގައިމު އެތައް ލަވެއް އެހުންތެރިންނަށް ދޫކޮށްފައިވާ ބިޔޯންސޭގެ ފޭނުން އިންޑިއާގައި ވަރަށް ގިނަ އެވެ.

އޭނާ ވަނީ މި އަހަރު ފިރިމީހާ އަދި މިއުޒިޝަން ޖޭ-ޒީއާ ގުޅިގެން ނެރުނު އަލްބަމް އެވްރީތިން އިޒް ލަވް (ދަ ކާޓާސް) ގެ ނަމުގައި އަލްބަމެއް ނެރެ 2014 ގައި ފެށި "އޮން ދަ ރަން" ޓުއާގެ ދެވަނަ ލެގެއް ވެސް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފަ އެވެ.

ބޮލީވުޑް ލައިފުން ބުނި ގޮތުގައި ބިޔޯންސޭ އަންނަ އަހަރު އިންޑިއާގައި ބާއްވާ ކޮންސަޓަކީ އެ ޓުއާގެ ތެރެއިން ބާއްވާނެ ހަރަކާތެކެވެ.