ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި
ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި

ސަން ސިޔާމުން ތަރައްގީކުރި ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި އެވެ.

ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި
ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްގެ، ސަން ސިޔާމުން ދ. އަލުވިފުށީހައި ތަރައްގީކުރި 125 ވިލާގެ، ފަސް ތަރީގެ ރިސޯޓު ހުޅުވައި، އެ ރިސޯޓުގެ ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާކީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ރިސޯޓުގެ އެއްގަމާއި މޫދުގައި ހަދާފައިވާ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް އޮވެ އެވެ.

ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި
ސަން އަކުއާ އިރުވެލި ރިސޯޓު ހުޅުވައިފި

އާއިލާތަކާއެކު ރިސޯޓެއްގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ ނަމަ ސަން އަކުއާ އިރުވެލީގެ ބީޗް އަދި އޯވަ ވޯޓަ ސުއިޓަކީ ވަރަށް ހިތަގައިމު ތަނެއްކަމަށް ސަން ސިޔާމުން ބުނެފައިވެ އެވެ. ހަމަ އެގޮތުން ހަނީމޫން ނުވަތަ އެކަނި ދަތުރުކުރާ ފަރާތްތަކަށް ޕްރައިވެޓް ސުއިޓްތައްވެސް އެ ރިސޯޓުގައި އެކުލަވާލާފައި ވެއެވެ.

ތިން ރެސްޓޯރަންޓާއި އެކު ތަރައްގީ ކޮށްފައިވާ ސަން އަކުއާ އިރުވެލީގައި ބޭނުން އިރަކު ބޭނުން ގަޑިއެއްގައި ކެއުން ހަމަޖެއްސޭނެ އެވެ. އެގޮތުން ބީޗްގައި ކެއުމަށް ބޭނުންވާ ނަމަ ރެސްޓޯރަންޓްގައި އެންމެން އެކުގައި ކެއުން ލިބޭނެ އެވެ. އޭގެ އިތުރުން ރޫމް ސާވިސް އަދި ބޭނުން ތަނެއްގައި ޕްރައިވެޓް ޑައިނިން ވެސް ހަމަޖައްސައިދެ އެވެ.

ސަން އަކުއާ އިރުވެލީގައި ހުޅުވާފައިވާ ސަން އަކުއާ ސްޕާގައި މޫދަށްވާ ގޮތަށް ހުންނަ ހަތް ޕެވިލިއަނާއި، އޯޕަން އެއާ ރެއިން ޝަވާ، ސައުނާ އަދި ސްޓީމް ރޫމެއް ވެސް ހުރެ އެވެ. އަދި މިތަނުގައި ވަގުތު ހޭދަ ކުރާ މައިންބަފައިންނަށް ހާއްސަކޮށްގެން، 11 އަހަރުން ދަށުގެ ކުޑަ ކުދިން ބަލައިދިނުމަށް ކިޑްސް ކްލަބެއް ހަދާފައިވެ އެވެ.

ރާއްޖޭގެ ރީތިކަން ބަލައިލަން ބޭނުންވާ ފަތުރުވެރިންނަށް އެ ރިސޯޓުގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. އެގޮތުން ވޯޓަ ސްޕޯޓަސް ސެންޓަ، އިންފިނިޓީ ޕޫލް، އަދި ސްނޯކްލިން ވެސް ހިމެނެ އެވެ.

މި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ 35 މިނެޓުގެ ދުރުގައިވާ ރިސޯޓެކެވެ. ސަން ސިޔާމް ކުންފުނިން ސަން އަކުއާ ބްރޭންޑުން ރާއްޖޭގައި ތިން ރިސޯޓެއް ހިންގާއިރު ލަންކާގައި ސަން އަކުއާ ޕަސިކުޑާ ނަމުގައި ރިސޯޓެއް އޮވެ އެވެ.