އެމެރިކާގެ ސެނެޓުގެ ނިންމުމާ އެކު ސައުދީ ރަތަށް
އެމެރިކާގެ ސެނެޓުގެ ނިންމުމާ އެކު ސައުދީ ރަތަށް

ރިޔާޒް (ޑިސެމްބަރު 17) - ޔަމަނުގެ ހަނގުރާމަ އަށް ފޯރުކޮށްދޭ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ސެނެޓުން ފާސްކުރުމާ ގުޅިގެން ސައުދީ ސަރުކާރުން ރުޅިގަދަވެއްޖެ އެވެ.

ޔަމަނަށް ހަމަލާ ދޭ ގުޅިފައިވާ ލަޝްކަރުގައި އިސް ރޯލެއް އަދާކުރަނީ ސައުދީންނެވެ. ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީން ދޭ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ފަރާތުން ދަނީ ލޮޖިސްޓިކް އަދި އިންޓަލިޖެންސް އެހީ ލިބެމުންނެވެ.

ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ވެސް ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ރޭވުމަކުން ކަމަށް ސެނެޓުން ބުނެފައިވެ އެވެ.

ސެނެޓުގެ ނިންމުންތަކަށް ރައްދުދީ ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ހަގީގަތަކާ ޚިލާފު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ސެނެޓުގެ ނިންމުމަކީ "ބައެއްގެ އަމިއްލަ ކަންކަމާ ބެހުން" ކަމަށެވެ. އަދި ސައުދީގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއްވެސް ބަޔަކު ވަނުން ގަބޫލް ނުކުރެވޭނެ ކަމަަށް ވެސް ވަނީ ބުނެފަ އެވެ.

ސެނެޓުގެ ނިންމުމާ އެކު ޔަމަންގެ ހަނގުރާމައިގައި އެހީތެރިވެދޭ އެމެރިކާ ސިފައިން އަނބުރާ ގެންނާނެ އެވެ. މިއީ 1973 ވަނަ އަހަރުގެ ވޯ ޕަވާސް ގާނޫނުގެ ދަށުން ހަނގުރާމަ އަކުން އެމެރިކާ ސިފައިން އަނބުރާ ގެނައުމަށް ކޮންގްރެސް އިން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ސެނެޓުގެ ނިންމުން ކޮންމެ ގޮތަކަށް އައި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ދިފާއު ކުރައްވަމުންނެވެ.