ފެނަކައިގެ އެމްޑީ، ހެލްތުގެ ނައިބު އަދި އިސްލާމީ މަރުކަޒުގެ އިމާމް ހަމަޖައްސައިފި
ފެނަކައިގެ އެމްޑީ، ހެލްތުގެ ނައިބު އަދި އިސްލާމީ މަރުކަޒުގެ އިމާމް ހަމަޖައްސައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު، ހެލްތު މިނިސްޓްރީގެ ނައިބަކަށް ޝިޔާމާ މުހައްމަދު އަދި އިސްލާމީ މަރުކަޒުގެ އިމާމަކަށް ޝެއިހު އިބްރާހިމް ރަޝީދު ހަސަން މިއަދު ހަމަޖައްސަވައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އާ އެމްޑީއަކީ ގދ. ވާދުއަށް އުފަން ބޭފުޅެކެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެމްޑީން ހަމަނުޖައްސަވާ މިހާރު އޮތީ ވަރަށް މަދު ކުންފުންޏެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ކުންފުނި އެމްއޭސީއެލް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީގެ ނައިބަކަށް ހަމަޖެއްސެވި ޝިޔާމާ ނިސްބަތްވެވަޑައިގަންނަވަނީ އައްޑު ސިޓީގެ ފޭދު އަށެވެ.

ހދ. ކުޅުދުއްފުށީ، ސަބުނަމީގޭ، ޝެއިހު އިބްރާހިމް ރަޝީދު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިސްލާމީ މަރުކަޒުގެ އިމާމަކަށް ހަމަޖެއްސެވީ މިނިސްޓަރުގެ ނައިބެއްގެ ފެންވަރުގަ އެވެ.