ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވެއްޖެ
ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވެއްޖެ

މ. ނަލަހިޔާ ކައިރީގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް މިއަދު ވެއްޓި ޒަހަމްވި އެ ކުއްޖާ އަށް އައިޖީއެމްއެޗުން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއެއް 10:45 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ ބަސްތާ ވެއްޓުނީ ސީދާ ކޮން ދިމާލަކުން ކަމެއް އަދި ކިތައް ވަނަ ބުރިން ކަމެއް އަދި ސާފެއް ނުވެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިމެންތި ބަސްތާއެއް ވެއްޓިގެން ނުވަ އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެމަޖެންސީ ކޮޓަރީގައި ފަރުވާ ދެމުން އަންނާތީ އޭނަގެ ހާލަތާ ގުޅޭ ގޮތުން އަދި މައުލޫމާތެއް ނުލިބެ އެވެ.