ގަތަރުން ވޯލްޑް ކަޕުގެ މައި ސްޓޭޑިއަމް ދައްކާލައިފި
ގަތަރުން ވޯލްޑް ކަޕުގެ މައި ސްޓޭޑިއަމް ދައްކާލައިފި

ދޯހާ (ޑިސެމްބަރު 16) – ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު ކުޅޭ ސްޓޭޑިއަމުގެ ޑިޒައިން އާއްމުކޮށްފި އެވެ.

ގަތަރުން ވޯލްޑް ކަޕުގެ މައި ސްޓޭޑިއަމް ދައްކާލައިފި
ގަތަރުން ވޯލްޑް ކަޕުގެ މައި ސްޓޭޑިއަމް ދައްކާލައިފި

ޖުމްލަ 80،000 މީހުންނަށް ވަދެވޭ ލުސައިލް ސްޓޭޑިއަމަކީ ގަތަރުން ވޯލްޑް ކަޕުގައި ބޭނުންކުރާނެ އެންމެ ބޮޑު ސްޓޭޑިއަމެވެ. ފައިނަލުގެ އިތުރުން މުބާރާތް ހުޅުވާ މެޗު ވެސް އޮންނާނީ، ދޯހާގެ ރަށް ބޭރުގައި އަލަށް ބިނާކުރި ލުސައިލް ސިޓީގައި ހަދާ މި ސްޓޭޑިއަމުގަ އެވެ.

"ވޯލްޑް ކަޕް 2022 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު އަހަރެމެންނަށް ލިބުނުތާ އަށް އަހަރުމިވީ. އަހަރެމެން މުޅި ދުނިޔެ އަށް އިއުލާންކުރިން އަޖައިބުތަކަށް އުއްމީދުކުރަން،" ގަތަރުގެ އިސް އޮފިޝަލެއް ކަމަށްވާ ހަސަން އަލް ތަވާދީ ވިދާޅުވި އެވެ.

ގަތަރުން ވަނީ ވޯލްޑް ކަޕުގައި ބޭނުންކުރާ އަނެއް ހަތް ސްޓޭޑިއަމް މީގެ ކުރިން ދައްކާލައިފަ އެވެ. އިނގިރޭސި ވިލާތުގެ ފޮސްޓާ އެންޑް ޕާޓްނާސް އިން ޑިޒައިންކުރި ލުސަައިލް ސްޓޭޑިއަމް ޑިޒައިންކުރުމުގައި ބަލާފައިވަނީ އަރަބިންގެ ފަންނުވެރިކަމަށް ކަމަށް ނޫސްތަކުން ބުނެ އެވެ. ސްޓޭޑިއަމް ބިނާކޮށް ނިމޭނީ 2020 ގަ އެވެ.

ފީފާ ވޯލްޑް ކަޕުގެ ފައިނަލް ކުޅެފައިވާ މަޝްހޫރު ސްޓޭޑިއަމްތަކުގެ ތެރޭގައި ރިއޯ ޑި ޖެނީރޯގެ މަރަކާނާ ސްޓޭޑިއަމާއި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމާއި މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ އާއި ޕެރިހުގެ ސްޓޭޑް ޑި ފްރާންސާއި ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމް އަދި މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމް ހިމެނެ އެވެ.