ޓޮރިނޯ ބަލިކޮށް ޔުވެންޓަސް ކުރިއަށް
ޓޮރިނޯ ބަލިކޮށް ޔުވެންޓަސް ކުރިއަށް

ޓިއުރިން (ޑިސެމްބަރު 16) – އެއް ސިޓީއަކަށް ނިސްބަތްވާ ޓޮރިނޯ 1-0 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގައި ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ސިލްސިލާ އަށް އަނެއްކާ ވެސް މޮޅެއް އިތުރުކޮށްފި އެވެ.

ޓިއުރިން ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މި މެޗުގައި ޔުވެންޓަސްގެ ހަމައެކަނި ގޯލް 70 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވައްދާލީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މި ސީޒަނުގައި ޔުވެންޓަސްއާ ގުޅު ރޮނާލްޑޯ ލީގުގައި ޖެހި 11 ވަނަ ގޯލެވެ.

ޔުވެންޓަސް އެއްތިން ވަނައިގައި 32 ޕޮއިންޓާ އެކު އޮތް އިންޓަ މިލާން ވަނީ ރޭ އަމިއްލަ ދަނޑުގައި އުދިނޭޒީ އަތުން 1-0 އިން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ މާޔޫސްކަމުގައި އޮތް އިންޓައަށް ހަމަޖެހުމެއް ގެނެސްދިނީ 76 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކެޕްޓަން މައުރިކޯ އިކާޑީ އެވެ. ވަނައިގައި އޮތީ 46 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް މި ސީޒަނުގެ ލީގުގައި ގެއްލުނީ ހަމައެކަނި ޖެނޯއާ އެއްވަރުވެ ގެއްލުނު ދެ ޕޮއިންޓެވެ. އެންމެ ގާތުގައި އޮތީ 35 ޕޮއިންޓާ އެކު ނަޕޯލީ އެވެ. އެ ޓީމުން މިރޭ ކަލިއާރީ އަތުން މޮޅުވެއްޖެ ނަމަ ތަފާތު ކުޑަކުރެވޭނެ އެވެ.

ތިން ވަނައިގައި 32 ޕޮއިންޓާ އެކު އޮތް އިންޓަ މިލާން ވަނީ ރޭ އަމިއްލަ ދަނޑުގައި އުދިނޭޒީ އަތުން 1-0 އިން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ މާޔޫސްކަމުގައި އޮތް އިންޓައަށް ހަމަޖެހުމެއް ގެނެސްދިނީ 76 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކެޕްޓަން މައުރިކޯ އިކާޑީ އެވެ.