ޕީޕީއެމުން އިހުތިޖާޖް ކުރާތީ މަޖިލިސް ހުއްޓިފައި
ޕީޕީއެމުން އިހުތިޖާޖް ކުރާތީ މަޖިލިސް ހުއްޓިފައި

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިޖްތިޖާޖް ކުރައްވާތީ ޖަލްސާ ދެ ފަހަރަކަށް މެދުކަނޑާލައިފި އެވެ.

ޕީޕީއެމް މެމްބަރުން ހިތްހަމަނުޖެހުނީ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި އެޖެންޑާގައި ރިޔާސީ ކޮމިޝަންގެ ބިލް ފާސް ކުރަން ހިމެނުމާ ގުޅިގެންނެވެ. ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި، ކޮމިޓީން ބިލް ފާސް ކުރީ ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށެވެ.

އެހެންވެ، އިދިކޮޅު މެމްބަރުން މިއަދު މަޖިލީހަށް ވަޑައިގަތީ ދުންމާރިއާ އެކުގަ އެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ދިޔަ އިރު ވެސް އިދިކޮޅު މެމްބަރުން ދުންމާރި ފުމެ، މަޖިލީހުގެ ނިޒާމު ގެއްލުވައިލަން މަސައްކަތް ކުރެއްވި އެވެ.

ޖަލްސާ މެދުކަނޑާލި ނަމަވެސް، ޖަލްސާ ފަށާނެ ވަކި އިރެއް ގާސިމް ވިދާޅެއް ނުވެ އެވެ.

މިއަަދު ތާވަލުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަނަށް ބާރުތަކެއް ދިނުމުގެ ބިލާއި ޕެންޝަން ގާނޫނަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމެވެ. އަދި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވެސް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފަ އެވެ.