ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

އާޒިމާ: ކުރީގައި ވެސް ދަންނަވާފައި އޮންނާނީ އެ އެކައުންޓަކީ ކެމްޕޭންގެ އެކައުންޓެއް. އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގެ ދަށުން ޑިކްލެއާ ކޮށްފައި އޮތް އެކައުންޓެއް. ދެހާސް ތޭރައިގައި ވެސް ބޭނުން ކުރެއްވި އެކައުންޓް އެއީ. އޭގެ ދެ ޓްރާންސެކްޝަނެއްގެ ސުވާލު ކުރެއްވީ. އެކަމަކު ކެމްޕޭންގެ ބޭނުމަށް ފައިސާ ޖަމާކުރީމަ އޭގެ މައްސަލައަކީ ކޮބައިކަމެއް ފުލުހުން ސާފުކޮށެއް ނުދެއްވާ.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޔާމީން: އެކައުންޓްތައް ފްރީޒް ކޮށްފައި ހުރި މައްސަލައިގައި އަޅުގަނޑު އެ ވާހަކަ އަހާލާކަށް ހަނދާނެއް ނެތް. އަޅުގަނޑުގެ އެކައުންޓްތަކުގައި މިލިއަން މިލިއަނެއް ނުހުންނާނެ. ކެމްޕޭން އެކައުންޓަކީ 400 މިލިއަނާ ހަމައަށް ޖަމާ ކުރެވޭ އެކައުންޓެއް. ތިޔަބޭފުޅުން ވިސްނަވާލައްވާ ރިޔާސީ އިންތިހާބެއް ކިހިނެއްތޯ ވިއްސަކަށް މިލިއަން ރުފިޔާ އިން ނިމޭނީ. އެކަމަކު އަޅުގަނޑަށް ހީވަނީ އެ އެކައުންޓްގައި ހުންނާނީ ގިނަވެގެެން ވިއްސަކަށް މިލިއަން ރުފިޔާހެން.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޔާމީން: މިއީ ސިޔާސީ މައްސަލައެއް. އެކަމަކު އަޅުގަނޑު މި މައްސަލަތަކުގައި އެއްބާރު ދޭން ތައްޔާރު. ފުލުހުން ވިދާޅުވީ މި މައްސަލައަކީ ކުރިއަށްދާ މައްސަލައަކަށް ވާތީ އަދިވެސް ހާޒިރު ކުރަން ޖެހިދާނެ.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

އާޒިމާ: ކެމްޕޭން އެކައުންޓަށް ވަން ފައިސާ މައްސަލައަކަށް ވަނީ ކީއްވެގެންތޯ ފުލުހުންނަކަށް ސާފެއް ނުކޮށްދެވޭ. އެއްވެސް ޓްރާންސެކްޝަނެއްގައި ޝައްކުވަނީ ކީއްވެގެން ކަމެއް، މީގައި ޖިނާއީ އަމަލަކީ ކޮބައިކަން ފުލުހުންނަކަށް ވިދާޅެއް ނުވެވޭ. އެމްއެމްޕީއާރުސީގެ ޗެކްގެ މައްސަލައަކީ ތަހުގީގު ނިމިފައި އޮތް މައްސަލައެއް. އެއީ އޭސީސީން ނިންމާފައި އޮތް މައްސަލައެއް.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޔާމީން: އަޅުގަނޑަކަށް މުޅިން ސާފެއް ނުވޭ ކީއްވެގެން ކަމެއް އަޅުގަނޑާ އެކަނި މި ސުވާލު ކުރަން ޖެހޭ ސަބަބެއް. ކެމްޕޭން ކުރެއްވީ އަޅުގަނޑު އެކަންޏެއް ނޫން. އަޅުގަނޑު އެކަންޏެއް ނޫން ކެނޑިޑޭޓަކީ. އަނެއް ކެނޑިޑޭޓާ ވެސް ސުވާލު ކުރައްވަން ވާނެ.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޔާމީން: ފުލުހުން ސުވާލު ކުރީ ދެ ކަމެއްގައި. އަޅުގަނޑާ ސުވާލު ކުރެއްވީ އަޅުގަނޑުގެ އެކައުންޓަށް ވަތް ފައިސާތަކަކާ ބެހޭ ގޮތުން. އޭގެ ތެރެއިން އެއް މައްސަލައަކީ އަޅުގަނޑުގެ އިންތިހާބުގެ އެކައުންޓަކަށް ވަތް ފައިސާ މައްސަލައިގައި. އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ތަހުގީގަށް ފަހު ޔާމީން ފުލުސް އޮފީހުން ނުކުމެ ވަޑައިގެންފި. އަދި އެމަނިކުފާނު ވަނީ ސަޕޯޓަރުންނާ ވެސް ބައްދަލު ކުރައްވައިފައި. އެމަނިކުފާނުގެ އަރިހުގައި ކުރީގެ ލީގަލް މިނިސްޓަރު އާޒިމާ ޝުކޫރު ހުންނެވި

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

އެމްޑީޕީގެ އަމަލުތައް ކުށްވެރުކޮށް ޕީޕީއެމުން ބަޔާނެއް ނެރެފި. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަޕޯޓަރުންގެ އެދުމުގެ މަތިން ފުލުސް އޮފީހަށް ޔާމީން ހިންގަވާފައި ވަޑައިގަންނަވަން އިއުލާންކޮށްފައި ވަނިކޮށް، މުޒާހަރާ ކުރަން އެމްޑީޕީން އިއުލާންކޮށްފައިވާ ކަމަށާއި އެއީ ހަމަނުޖެހުމެއް ހިންގުމަށް މަގުފަހި ވެދާނެ ކަމެއް. އަދި ސަރުކާރު ހިންގާ އިސް ޕާޓީގެ ހައިސިއްޔަތުން އެ ޕާޓީ އިސްވެ އޮވެ ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް މީހުން އެއްވަން ގޮވާލައިފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވެސް ވަނީ ބުނެފައި. ޔާމީން ޕޮލިހަށް ހާޒިރު ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި މަގުތަކަށް މީހުން އެއްކޮށް ހަމަނުޖެހުން ފަތުރަން ކުރާ ނާތަހުޒީބު އަދި ޑިމޮކްރަސީއާ ބީރައްޓެހި އަމަލުތައް ހުއްޓާލުމަށް ޕީޕީއެމުން ވަނީ ގޮވާލައިފައި.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

އެއްވެފައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ބުނަނީ ހިންގާފައިވާ ވައްކަންތައް ބަލައި، ގައުމުން ގެއްލިފައިވާ ފައިސާތައް ހޯދުމަކީ މި ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމަށް. ރައީސް ކަމުގައި ޔާމީން ހުންނެވިއިރު، ވަރަށް ބޮޑެތި ކޮރަޕްޝަންތަކެއްގެ ވާހަކަތަކެއް ފެންމަތިވެފައިވާ ކަމަށާއި އެ ހުރިހާ މައްސަލައެއް ބެލުމަކީ، މި ސަރުކާރުގެ ވައުދަކަށް ވާތީ، އެ ވައުދު ފުރިހަމަކޮށްދޭން ޖެހޭނެ ކަމަށް. އަދި ބައެއް މީހުން ބުނަނީ ކޮރަޕްޝަންގެ ތަހުގީގަށް އެ މަނިކުފާނު ހުރަސް އަޅުއްވައި ނުފޫޒު ފޯރުއްވައިފާނެތީ އެމަނިކުފާނުގެ ތަހުގީގު ކުރަން ޖެހޭނީ ބަންދުގައި ބަހައްޓައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށް. އެއްވެފައި ތިބި ސަރުކާރުގެ ކޯލިޝަންގެ މީހުން ބުނަނީ އެ ސަރުކާރުގެ ހުރިހާ ވައްކަމެއްގައި ޝާމިލް ވެފައިވާ އެންމެންނަށް ވެސް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޔާމީން ފުލުސް އޮފީހުގައި ހުންނެވިއިރު އެމަނިކުފާނަށް ތާއީދު ކުރާ ސަޕޯޓަރުންނާއި މަޖިލީހުގެ މެމްބަރުންް އެ ސަރަހައްދުގައި އެބަތިބި. އާންމުންނަށާއި މީޑިއާ އަށް ނުވަދެވޭ ގޮތަށް، ފުލުސް އޮފީސް ވަށައިގެން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްލައިފައި. އެހެންވެ، އެ ސަރަހައްދުގައި މަޑުމަޑުން ތިބުން ފިޔަވައި، އެހެން ކަމެއް ނެތް

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ތަހުގީގަށް ޔާމީން މިހާރު ހުންނެވީ ފުލުސް އޮފީސް ތެރޭގައި. އެމަނިކުފާނުގެ ސަޕޯޓަރުން ވެސް އެހިސާބުގައި އެބަ ހަރަކާތްތެރިވޭ. އެހެން ނަމަވެސް، އެ ސަރަހައްދު ފުލުހުން އެއްކޮށް ވަނީ ބަންދުކޮށްލައިފައި. އެ ސަބަބާ ހުރެ އެއްވެސް މީހަކަށް ފުލުހުންގެ ދޮރުމައްޗާ ހިސާބަކަށް ނުދެވޭ.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޔާމީންގެ ރައީސް ކަމުގެ ދައުރު ނިމުނުއިރު ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި. އޭގެ ތެރޭގައި އެޗްޑީސީ ހިމެނޭ. އެ ކުންފުނިން، ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޔާމީންގެ ކެމްޕޭނަށް ވަނީ ހަރަދުކޮށްފައި. އެހެންވެ ކުންފުނި އޮތީ ބަނގުރޫޓު ވެފައި. މި މައްސަލައިގައި ޔާމީން ދާދިފަހުން ވިދާޅުވެފައިވަނީ ކުންފުނިތައް ބެލުމަކީ އެ ކުންފުންޏަކާ ހަވާލުވެވަޑައިގެންފައި ހުންނެވި އިސް ބޭފުޅެއްގެ ޒިންމާއެއް ކަމަށާއި ހުރިހާ ކަމެއް ރައީސަށް ނޭނގޭނެ ކަމަށް. އަދި ކުންފުނިތަކުގެ މައްސަލާގައި ޒިންމާވާން ޖެހޭނީ އެ ކުންފުންޏެއްގެ އިސް ވެރިއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވޭ.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ކުރީ ސަރުކާރުން ހިންގި ޖަރީމާތައް ބަލައި ތަހުގީގުކޮށް، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވަނީ ވިދާޅުވެފައި. އަދި ރައީސް ކަމަށް ވަޑައިގެންނެވިތާ ފުރަތަމަ ހަފުތާގެ ތެރޭގައި އެމަނިކުފާނު ވަނީ ކުރީ ސަރުކާރުގެ ޚިޔާނާތް ބަލާ ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވާފައި.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޕީޕީއެމްގެ މެމްބަރުން މަގުމަތީގައި ތިބެގެން ގޮވާލަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ހައްޔަރު ކުރުމަށް. އަނެއްކޮޅުން އެމްޑީޕީގެ މެމްބަރުން ގޮވާލަމުން ގެންދަނީ ޔާމީނަކީ ބޮޑެތި ޖަރީމާތަކެއް ހިންގަވާފައި ހުރި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވަގުތުން ވަގުތަށް ހައްޔަރުކުރަން ޖެހޭ ކަމަށް. އެ ސަރަހައްދުގައި ފުލުހުން އެބަ ހަރަކާތްތެރިވޭ.

ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި
ޔާމީން ހާޒިރުކުރީ ފައިސާގެ ދެ މައްސަލައެއްގައި

ޔާމީން ޕޮލިހަށް ހާޒިރު ކުރަނީ ސީދާ ކޮން މައްސަލައެއްގެ ތަހުގީގަކަށް ކަމެއް ނޭނގެ. އެހެން ނަމަވެސް، ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ހާޒިރު ކުރަނީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަކަށް ބައިވަރު ފައިސާތަކެއް ވަތް މައްސަލައިގެ ތަހުގީގަށް. މި ތަހުގީގާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައި. އަދި ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ވެސް މިހާރު ވަނީ ފްރީޒް ކޮށްފައި.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ކޮރަޕްޝަނެއް ހިންގާފައި ވަނީ އެމްއެމްޕީއާރުސީގައި. އެކި ރަށްތައް ދިނުމުގައި އެ ތަނުން ވަނީ އަޑި ނޭނގޭ ވަރުގެ ބޮޑު އޮޅުވާލުންތަކެއް އޮޅުވާލައި، އެތައް ބިލިއަން ރުފިޔާއަކުން ދައުލަތުން ވައްކަން ކޮށްފައި. މީގެ އިތުރުން ސަރުކާރުން ހިންގާފައިވާ ގިނަ މަޝްރޫއުތަކެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށާއި ބައެއް މަޝްރޫއުތައް އަގަށް ވުރެ ބޮޑުކޮށް ހަވާލު ކުރި މައްސަލަތަކެއް ވެސް ހިމެނޭ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އެމަނިކުފާނުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށާއި އެއީ އެމަނިކުފާނަށް އެނގިވަޑައިގެން ހިންގެވި ޖަރީމާތަކެއް ނޫން ކަމަށް ރައީސް ކަމުގައި ހުންނަވައި ޔާމީން ވަނީ ވިދާޅުވެފައި. އެހެން ނަމަވެސް، އެވަރުގެ ބޮޑު ޖަރީމާއެއް ޔާމީނަށް އެނގިވަޑައި ނުގެން ހިންގޭނެ ކަމަކަށް އާންމުން ގަބޫލެއް ނުކުރޭ.

ޔާމީން ވަނީ ޕީޕީއެމްގެ އޮފީހުން އެމަނިކުފާނަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުންނާ އެކު ޕޮލިހަށް ވަޑައިގެންފައި. ކުރިން އެ ހިސާބުން ފެށިގެން ހިންގަވާފައި ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ނަމަވެސް، އެނގިފައިވާ ގޮތުގައި އެމަނިކުފާނު ވަޑައިގަތީ ކާރުކޮޅުގައި.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހިންގަވާފައިވާ ބައެއް މުއާމަލާތްތަކުގެ ތަހުގީގަށް މިއަދު ފުލުސް އޮފީހަށް ހާޒިރުވާތީ، އެމްޑީޕީ އާއި ޕީޕީއެމްގެ އެކްސްޓިވިސްޓުން ވެސް މަގުމައްޗަށް އެއްވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އެންގީ މިއަދު 2:00 އަށް އެމަނިކުފާނު ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް މާލީ ބައެއް އިދާރާތަކުން ހުށަހެޅުމުން ފުލުހުން އެ މައްސަލަ ބަލަމުންދާތީ އެވެ. ވެރިކަން ނިމުނުއިރު ފަހުން ޖިނާއީ ތުހުމަތެއްގައި އެމަނިކުފާނު ފުލުހަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ އެކްޓިވިސްޓުން އެއްވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެ ޕާޓީގެ ހަރުގެ ކައިރި އަށެވެ. ޕީޕީއެމްގެ އެކްޓިވިސްޓުން އެއްވީ ހަމަ އެ ސަރަހައްދުގައި ހުންނަ އެ ޕާޓީގެ އޮފީސް ދޮރުމައްޗަށެވެ.

(އިތުރު ތަފުސީލު އަންނަނީ)