ސްރީލަންކަންގެ ބޯޓުގައި މައްސަލަ ޖެހި، އެތައް ދިވެހިންނެއް ކޮޗިން އެއާޕޯޓުގައި ތާށިވެފައި!
ސްރީލަންކަންގެ ބޯޓުގައި މައްސަލަ ޖެހި، އެތައް ދިވެހިންނެއް ކޮޗިން އެއާޕޯޓުގައި ތާށިވެފައި!

އިންޑިއާގެ ކޮޗިން އިން ސްރީލަންކަން އެއާލައިންސްގައި ރާއްޖެ ދަތުރުކުރަން އުޅުނު 50 ހަކަށް ދިވެހިން، ބޯޓަށް ޖެހުނު މައްސަލައަކާ ގުޅިގެން އެއާޕޯޓްގައި މިރޭ ތާށިވެއްޖެ އެވެ.

ސްރީލަންކަންގެ ބޯޓުގައި މައްސަލަ ޖެހި، އެތައް ދިވެހިންނެއް ކޮޗިން އެއާޕޯޓުގައި ތާށިވެފައި!
ސްރީލަންކަންގެ ބޯޓުގައި މައްސަލަ ޖެހި، އެތައް ދިވެހިންނެއް ކޮޗިން އެއާޕޯޓުގައި ތާށިވެފައި!

ކޮލަމްބޯ މަގުން ރާއްޖެ އަންނަން އުޅުނު ދިވެހިންނާ އެކު ގާތްގަނޑަކަށް 200 ވަރަކަށް މީހުން އެ ފްލައިޓްގައި ދަތުރުކުރަން އޮތެވެ. ކޮޗިން އިން ބޯޓު ފުރަން އޮތް ގަޑި ފަހަނައަޅާ ދިޔަތާ މިހާރު 10 ގަޑިއިރަށް ވުރެ ގިނަ ވެއްޖެ އެވެ. އެކަމަކު ސްރީލަންކަން އެއާލައިންސުން އެއިން އެއްވެސް މީހަކަށް ކޮޗިންގައި ތިބޭނެ ތަނެއް ނުދެ އެވެ.

ސްރީލަންކަންގެ ބޯޓުގައި މައްސަލަ ޖެހި، އެތައް ދިވެހިންނެއް ކޮޗިން އެއާޕޯޓުގައި ތާށިވެފައި!
ސްރީލަންކަންގެ ބޯޓުގައި މައްސަލަ ޖެހި، އެތައް ދިވެހިންނެއް ކޮޗިން އެއާޕޯޓުގައި ތާށިވެފައި!

"މިހާރު"އާ ވާހަކަ ދެއްކި ދިވެހި ދަތުރުވެރިޔަކު ބުނީ އިއްޔެ ހަވީރު 3:25 ގައި ފުރަން އޮތް ޔޫއެލް 166 ފްލައިޓަށް ނުފުރުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.

ދިވެހިންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ އާއިލާތައް ކޮޗިން އެއާޕޯޓަށް ދިޔައީ އިއްޔެ މެންދުރު 12 ޖަހާކަންހާ އިރު ކަމަށްވެ އެވެ.

އެކަކު ބުނި ގޮތުގައި މީހުން އަރުވާފައި، ދެ ފަހަރެއްގެ މަތިން ބޯޓު ނައްޓާލަން ވެސް އުޅުނެވެ. އެކަމަކު ދުއްވާލާފައި ހުއްޓާލަނީ އެވެ.

"ބެލެވޭ ގޮތުގައި އިންޖީނަށް މައްސަލައެއް ދިމާވެގެން [އެހެން ހެދީ]. އެކަމަކު އެކަން ވެސް އެއްވެސް ފަސެންޖަރަކަށް މިހާތަނަށް އައިއިރު އަންގާފައެއް ނެތް،" ކޮޗިން އެއާޕޯޓްގައި ހުރެ ދިވެހި ދަތުރުވެރިޔަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަތުރުވެރިން ބޯޓުން ބޭލީ ފަސް ގަޑިއިރެއްހާ އިރު ފަހުންނެވެ.

"ހަވީރު ބޯޓުން ހަމައެކަނި ދިނީ ޖޫސް ޕެކެޓަކާއި ބަނަހެއް. ގިނަ މީހުން އެ ބޭނުމެއް ނުކުރޭ. އޭގެ ފަހުން، އެއާލައިނުން އެއްވެސް ކާ އެއްޗެއް ވެސް ނުދޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ހުރިހާ ދިވެހިން ވެސް މިވަގުތު ތިބީ ދަބަސްތަކާ އެކު ކޮޗިން އެއާޕޯޓުގެ ބޭރުގައި ކަމަށެވެ. ފުރޭނެ ގޮތެއް އަދިވެސް ހަމަޖެހިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެއާލައިނުން ބުނީ ދެ ގޮތެކޭ އޮތީ. އެއީ ބަހުގައި ޓްރިވެންޑްރަމަށް ގޮސް އެތަނުން ފްލައިޓެއްގައި ދިއުމޭ. އެކަމަކު އެގޮތަކަށް ދިވެހިން އެއްބަހެއް ނުވޭ،" ކުރިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

"ދެވަނަ ގޮތަކަށް ބުނީ އެއާލައިންސްގެ ފްލައިޓެއް އަންނަން ދެން ކޮޗިން އެއާޕޯޓުގައި ތިބުން. އެއާޕޯޓުގައި ތިބޭ ނަމަ، ދެ ދުވަހުގެ ތެރޭގައި ފުރޭނެ ކަމަށް އެއާލައިނުން ވަނީ އަންގާފައި. އެކަމަކު އެއީ ދެން ބޮޑުވަރު ނޫންތޯ؟"

ފްލައިޓުން ދަތުރު ކުރަން އުޅުނު އެހެން މީހަކު ބުނީ މިހާތަނަށް އައިއިރު، އެއާލައިނުން އެއްވެސް ދިވެއްސަކަށް އެކޮމަޑޭޝަން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އަދި އެއާލައިނުން އެކަށީގެންވާ ޖަވާބެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުން ބަލާ ނަމަ ތިން ގަޑިއިރަށް ވުރެ ގިނަ އިރު ބޯޓު ތެރޭގައި ދަތުރުވެރިންނެއް ނުބޭތިއްބޭނެ އެވެ. އަދި ބޯޓުގައި ދެ ގަޑިއިރު ވެއްޖެ ނަމަ ކާން ދޭން ޖެހެ އެވެ.

ސްރީލަންކަން އެއާލައިންސްގެ ފްލައިޓަށް މިހާރު ދިމާވެފައިވާ ހާލަތުގައި އިތުރު ފްލައިޓެއް ހަމަޖެހެންދެން ހުރިހާ ދަތުރުވެރިންގެ އެކޮމަޑޭޝަނާއި ކެއުން ދޭން ޖެހޭނީ އެ އެއާލައިނުން ކަމަށް، ވައިގެ ދަތުރުފަތުރާ ބެހޭ ތަޖުރިބާކާރުން ބުނެ އެވެ.