ހެލްތު މިނިސްޓަރު އަމީން އިންޑިއާ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވައިފި
ހެލްތު މިނިސްޓަރު އަމީން އިންޑިއާ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވައިފި

އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އެ ގައުމުގެ ހެލްތު މިނިސްޓަރު ޖޭޕީ ނައްޑާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ހެލްތު މިނިސްޓަރު އަމީން އިންޑިއާ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވައިފި
ހެލްތު މިނިސްޓަރު އަމީން އިންޑިއާ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވައިފި

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އެ ދެބޭފުޅުން ބައްދަލުކުރެއްވީ ނިއުދިއްލީގައި މިހާރު ކުރިއަށް ގެންދާ "ޕާޓްނާސް ފޯރަމް 2018" ގެ ހަވާސާގައި ކަމަށެވެ.

އެ ފޯރަމްގެ ހަވާސާގެ ތެރެއިން، މިނިސްޓަރު އަމީން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

އަމީނާއި އިންޑިއާގެ ހެލްތު މިނިސްޓަރުގެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ދެ ގައުމުން ވެސް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި، އަންނަ ހޯމަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސިއްހީ ދާއިރާ އިން ދެ ގައުމުން ސޮއިކުރާނެ އެއްބަސްވުންތަކާ މެދު އެ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަށް ދެ ގައުމުން ވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ގިނަ ކަންތައްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.