ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ

ދިރާގުން މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ދަސްވެނިވުމުގައި ދިރާގުން ހޮވި 14 ދަރިވަރުން ދަސްވެނިވުނެވެ. މި ދަރިވަރުންގެ ތެރެއިން މާކެޓިން، ސޭލްސް، ފައިނޭންސް، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިން އަދި ނެޓްވޯކްސް ފަދަ ދާއިރާތަކުގައި ތަމްރީން ކުރި ދަރިވަރުން ހިމެނެ އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ

ދަސްވެނިވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ދިރާގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާ 10 ވަނަ އަހަރު ކަމަށާއި މިފަހަރު 14 ކުދިން އެ ޕްރޮގްރާމް ކާމިޔާބު ކޮށްފައިވާކަން އިސްމާއިލް ރަޝިދު ފާހަގަ ކުރެއްވި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަރިވަރުން ދަސްވެނިވެއްޖެ

އެނާ ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ އޯލެވެލް އާއި އޭލެވެލް ހަދާ ކުދިން މަސައްކަތުގެ މާހައުލަށާއި ދާއިރާ އަށް ތަމްރީނުކުރުުން ކަމަށެވެ.

ޒުވާނުންނަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ލިބޭ ހިއްސާގެ މައްޗަށް ކުރި ސާވޭ އަކަށް ބެއްލެވުމަށް ފަހު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު އެޕްރެންޓިސްޝިޕްގައި ބައިވެރިވި ޒުވާނުންގެ ތެރެއިން 75 ޕަސެންޓްގެ ޒުވާނުން މިހާރު މަސައްކަތް ކުރަނީ ބޮޑެތި ކުންފުނިތަކުގައި ކަމަށާއި ބާކީ 25 ޕަސެންޓް ޒުވާނުން މަސައްކަތް ކުރަނީ އަމިއްލަ ކުންފުނިތަކުގައި ނުވަތަ މަތި ތަައުލީމް ހާސިލް ކުރުމަށް ކަމަށެވެ.

މި ހަފްލާގެ ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ރާއްޖޭގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ރާއްޖޭ ތަރައްގީކޮށް ކުރި އެރުވުމުގައި ދިރާގުގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކޮންސްޓްރަކްޝަން ވެސް ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް ބަރޯސާ ވާކަން ފާހަގަ ކުރެއްވި އެވެ.

މަލީހު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ދިރާގުން ވަނީ މިދިޔަ މަހު ކުރިޔަށް އޮތް އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮޮގްރާމަށް 29 ކުދިން ހޮވައިފަ އެވެ. އެގޮތުން ނޮވެމްބަރުގައި އިންޓަވިއުކޮށް، 29 ކުދިން ވެސް ދިރާގުގެ ތަފާތު އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ 2009 ގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 196 ޒުވާނުން ވަނީ ތަމްރީންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.