ކުރެއްދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ކުރެއްދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޅ. އަތޮޅު ކުރެއްދޫ އައިލެންޑް ރިސޯޓުގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ ގިފްޓް ޝޮޕް ގުދަނުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ކުރީ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ކަމަށެެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔާ ސްޓޭޝަނުގެ މަސައްކަތާ އެކު އަލިފާން ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް ފަތިހު 4 ޖަހަނިކޮށެވެ.

މި ހާާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް ގުދަނަށާއި، އެ ގުދަނުގައި ހުރި މުދާތައް ވަރަށް ބޮޑަށް އަނދާފައިވެ އެވެ.

ގުދަނުގައި އަލިފާން ރޯވާން މެދުވެރި ސަބަބު ފުލުހުން އަންނަނީ ތަހްގީގު ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.