13 ޑިސެމްބަރ 2018 - 10:18

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އަންނަ އަހަރު ޓޫރިޒަމް 17 ފެއާއެއްގައި ބައިވެރިވާން ނިންމައި ފެއާތަކުގެ ލިސްޓެއް އާންމު ކޮށްފި އެވެ.
މި ލިސްޓުގައިވާ ގޮތުން އަންނަ އަހަރު ޖެނުއަރީން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ތައިލެންޑް، އިންޑިއާ، ފިންލެންޑް އަދި ޔުކްރެއިން ފަދަ ގައުމުތަކުގައި އޮންނަ ފެއާތަކުގައި މަޓޯޓާ އިން ބައިވެރިވާނެ އެވެ.
• ބިޒްނަސް އެންޑް ލަގްޒަރީ ޓްރެވަލް މާކެޓް، ނިއު ދިއްލީ - ޖެނުއަރީ 18-19 އަށް
• މަކްޓާ ނޯޑިކް ޓްރެވަލް ފެއާ ހެލްސިންކީ، ފިންލެންޑް - ޖެނުއަރީ 18-20 އަށް
• އޯޓީއާރު މިޑްލްއީސްޓް ރޯޑް ޝޯ ދުބާއި، ކުވެއިތު، ގަތަރު އަދި އޮމާން - ފެބްރުއަރީ 10-13 އަށް
• ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާ ބެންކޮކް - ފެބްރުއަރީ 13-17 އަށް
• ގުއާންޒޯ އިންޓަނޭޝަނަލް ފެއާ، ޗައިނާ ފެބްރުއަރީ 21-23 އަށް
• އޯޓީއާރު ރޯޑްޝޯ އިންޑިއާ – މުމްބާއި، ބެންގަލޯ، ޗަންދީގަރް، ދިއްލީ، ފެބްރެއަރީ 25 - މާޗު 1 އަށް
• ރިޔާޒް ޓްރެވަލް ފެއާ، ސައުދީ އަރަބިޔާ މާޗު 20-22 އަށް
• އައިބީޓީއެމް އަރަބިއްޔާ، ޔޫއޭއީ- މާޗު 25-27 އަށް
• ޔޫކްރެއިން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން، ކިއޭވް- މާޗް 27-29 އަށް
• ވިއެޓްނާމް އިންޓަނޭޝަނަލް ޓްރެވަލް މާކެޓް، ހަނޯއީ- މާޗު 27-30 އަށް
• ވީއައިޓީއެމް ފިލިޕީންސް،- މާޗު 27-30 އަށް
• އަޒަރުބައިޖާން އިންޓަނޭޝަނަލް ޓްރެވަލް އެންޑް، ބަކޫ، އަޒަރުބައިޖާން- އޭޕްރިލް 4-6 އަށް
• އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ ހޮންކޮންގް/ ޗައިނާ- ޖޫން 14-17 އަށް
• ޔޫއެސް ރޯޑްޝޯ ލޮސް އޮސްއެންޖަލީސް، ސެންފްރަންސިސްކޯ، އޮގަސްޓް
• ޕާޓާ ޓްރެވަލް މާކެޓް އަސްތާނާ/ކަޒަކަސްތާން- ސެޕްޓެމްބަރު 17-20 އަށް
• އޯޓީއާރު ސައުތު އީސްޓް އޭޝިއާ ރޯޑްޝޯ ބެންކޮކް، ކުއާލަ ލަމްޕޫރް، ޖަކާޓާ، ސިންގަޕޫރު، މަނިލާ- ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 04 އަށް
މަޓާޓޯ އިން ވަނީ މި މަހު 3 ގައި އެ ޖަމިއްޔާގެ އާންމު އަހަރ ޖަލްސާ ބާއްވާ، ރައީސް ކަމަށް އަބްދުﷲ ސުއޫދު އިންތިހާބުކޮށްފަ އެވެ. އަދި މަޓާޓޯ ރީ ބްރޭންޑް ކުރުމަށާއި، ރާއްޖޭގައި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި މަޓާޓޯ އެކުގައި ޕާޓާ މޯލްޑިވްސް ހިންގުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.