12 ޑިސެމްބަރ 2018 - 23:22

އެމްޕީއޭއޯގެ ނަމުގައި އެތަނުގެ ރަސްމީ ނަންބަރުން މީހުންނަށް މިރޭ ފޮނުވަމުންދާ މެސެޖުތަކާ އެ އޮފީހާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ނަމުގައި މިރޭ ވަނީ ރާއްޖޭގައި، ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށް ބުނެ މެސެޖުތަކެއް ކޮށްފަ އެވެ. އަދި އެކަމާ ދެކޮޅަށް ދިވެހިން އަޑުއުފުލަން ޖެހޭ ކަމަށް ވެސް އެ މެސެޖުގައި ބުނެފައި ވެ އެވެ.
އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ މިހާރު ފޮނުވަމުންދާ މެސެޖުތަކަކީ އެ އޮފީހުން ފޮނުވަމުންދާ މެސެޖުތަކެއް ނޫން ކަމަށެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށް ވެސް ކުރު ބަޔާނުގައި ބުންޏެވެ.