ގައުމީ އިނާމާށް 77، ހާއްސަ އިނާމަށް 58 މީހުން ކުރިމަތިލައިފި
ގައުމީ އިނާމާށް 77، ހާއްސަ އިނާމަށް 58 މީހުން ކުރިމަތިލައިފި

ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް 100 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ގައުމީ އިނާމަށް 77 މީހުން އަދި ހާއްސަ އިނާމަށް 58 މީހުން ވަނީ ކުރިމަތިލައިފަ އެވެ.

ގައުމީ އިނާމު ދެނީ މުޖުތަމައުގެ ލާބަ އަށް މަސައްކަތް ކުރާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއްޔާތައް ހިމެނެ އެވެ.

ގައުމީ އިނާމު ދެނީ ދެ ގިންތިއަކުންނެވެ. އެއީ ޝަރަފްވެރިކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމެވެ.

1- ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް (ޕީއެޗްޑީ) ހާސިލްކުރުމުގައި ފާހަގަކުރެވޭ ކާމިޔާބެއް ހާސިލްކޮށްފައިވުން.

2- މަތީ ތައުލީމާއި ތަމްރީނު ކޯހަކުން އެންމެ މަތީ ވަނަ ހޯދުން.

3- ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފް ހޯދުން.

4- ރާއްޖެ އަށް ދިމާވެފައިވާ މުހިއްމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން ސައިންޓިފިކް ތަހުލީލެއް ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަ ކޮށްލެވޭ ފަދަ އާދަޔާ ހިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދުން.

5- ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

ގައުމީ އިނާމާއި ހާއްސަ އިނާމު ދޭން ހަމަޖައްސާފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.