ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް ވަޑައިގެންފި
ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގއ. ގެމަނަފުއްޓަށް އަދި ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ އަށާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް ވަޑައިގެންފި
ރައީސް ގެމަނަފުއްޓަށް، ނައިބު ރައީސް އައްޑުއަށް ވަޑައިގެންފި

މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ ގެމަނަފުށީގަ އެވެ. ރައީސް އެ ރަށަށް ވަޑައިގަންނަވަނީ އެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރަސްމީ ދަތުރުފުޅަށް ފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާ ހެނދުނު ކަމަށެވެ.

ނައިބު ރައީސާ އެކު އައްޑޫ އަދި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު އާއިޝަތު ރަޝީދު ވެސް ބައިވެރިވެވަޑައިގެންނަވަ އެވެ.

އައްޑޫގެ ހުރިހާ ރަަށަކަށް ވަޑައިގެންނެވުމަށް ފަހު، އެމަނިކުފާނުގެ އުފަން ރަށް، ފުވައްމުލަކަށް ވަޑައިގަންނަވާނީ މިރޭގަ އެވެ. އަދި ރަސްމީ ދަތުރުފުޅު މާދަމާ ނިމުނުކަމުގައި ވިއަސް ނައިބު ރައީސް މާލެ ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ.