12 ޑިސެމްބަރ 2018 - 14:33

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ މަސްވެރިން އެއް ވިއުގައެއް ތެރޭގައި ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތު ދޭ "މަސްވެރިންގެ ޕެކޭޖް" އުރީދޫ އިން ރޭ ތައާރަފްކޮށްފި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގެމަނަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މި ޕެކޭޖު ތައާރަފްކޮށްދީފައި ވަނީ މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު ޒަހާ ވަހީދު އާއި އުރީދޫގެ ރީޖަނަލް މެނޭޖަ އޮފް ސޭލްސް އަބްދުﷲ ސައީދުއެވެ.
މި ހާއްސަ ޕެކޭޖު ޑިޒައިންކޮށްފައި ވަނީ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް، މުޅި މަސްވެރިންގެ އާއިލާގެ ތެރޭގައި ހިލޭ ގުޅާލެވޭނެ ގޮތަށެވެ. އަދި މި ޕެކޭޖުތައް މެދުވެރިކޮށް ވަރަށް ފުރިހަމަ ޑޭޓާ އެލަވަންސްތަކާއި، ހިލޭ ވައިބަ އަދި ޓްވިޓާ ލިބޭނެ އެވެ.
"ފެށުނީއްސުރެ، އުރީދޫ އަކީ ދިވެހި މަސްވެރިންގެ ގާތް ބައިވެރިއެއް. މަސްވެރިންގެ މަސައްކަތް ހުންނަ ގޮތުން، އާއިލާ އާ ދުރުގައި ގިނަ ވަގުތު ދަތުރު ކުރަންޖެހޭ. އުރީދޫގެ މަސްވެރިންގެ ޕެކޭޖް މެދުވެރިކޮށް މި ދިގު ދަތުރުތައް ލުއިވެ، ގާތް ތިމާގެ މީހުންނާ ގުޅުން ބޭއްވުން ފަސޭހަ ވެގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ރައްކާތެރި ކުރުމަށްޓަކައި އުރީދޫން ދާނީ އަބަދުވެސް އިންވެސްޓްމަންޓްތައް ކުރަމުން. ދިވެހިރާއްޖެ އަށް އެހާމެ މުހިއްމު މި ދާއިރާ ކުރިއެރުމަށް ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ޝުކުރުވެރިވަން." އުރީދޫގެ ސީއީއޯ، ނަޖީބު ޚާން ވިދާޅުވި އެވެ.
އުރީދޫ މަސްވެރިންގެ ޕެކޭޖު ވަނީ ރާއްޖޭގައި ރެޖިސްޓަ ކޮށްފައިވާ އެންމެހާ މަސްވެރިންނަށް ހުޅުވާލައިފަ އެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާ އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ މަސްވެރިންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސް ވެސް ކުރެވޭނެ އެވެ. ހަމައެއާ އެކު، ހަތަރު އަދަދުގެ ކުރު ނަންބަރެއް ބޭނުންކޮށްގެން، މަސްވެރިންގެ ޕެކޭޖުގައި ހިމެނޭ ބޭފުޅުންގެ މެދުގައި، އެކަކު އަނެކަކަށް ފަސޭހަކަމާ އެކު ގުޅާލުމުގެ ފުރުސަތު ލިބޭނެ އެވެ.
އުރީދޫ މަސްވެރިންގެ ޕެކޭޖު ބޭނުންކުރައްވާ ކަސްޓަމަރުންނަށް، މަސައްކަތުގެ މައިދާނުގެ އިތުރުން، އާއިލާ އާއި ގުޅާލުމަށް ވެސް ފަސޭހަވެގެންދެއެވެ. މިގޮތުން، ކޮންމެ މަސްވެރިޔަކަށް ވެސް، އާއިލާގެ މެންބަރުންގެ ތެރެއިން، ބޭނުންވާ ބޭފުޅަކަށް އަންލިމިޓެޑް ކޯލް އަދި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.