11 ޑިސެމްބަރ 2018 - 16:01

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ސ. ހިތަދޫ ޖަނަވަރީމާގޭ އަހުމަދު ނުއުމާން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

ނުއުމާން އަކީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ.
އޭނާ ވަނީ ފެނަކަ އުފެއްދިއިރު އެ ކުންފުނީގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، ކަސްޓަމްސްގެ އިސްވެރިއަކަށް ނުއުމާން އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ މަގާމުގެ ފެންވަރުގައި ކަމަށެވެ.