މައްސަލަތަކަށް ހައްލެއް ނުހޯދި ޖީސީސީ ސަމިޓް ނިމިއްޖެ
މައްސަލަތަކަށް ހައްލެއް ނުހޯދި ޖީސީސީ ސަމިޓް ނިމިއްޖެ

ރިޔާޒް (ޑިސެމްބަރު 10) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ 39 ވަނަ ބައްދަލުވުން ނިމުނު އިރު މައްސަލަތަކަށް ހައްލެއް ހޯދިފައި ނުވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ގަލްފުގައި ގައުމުތަކުގައި މެދުގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބައެއް ގައުމުތަކުން ގަތަރާ މިދިޔަ އަހަރު ގުޅުން ކަނޑާލި މައްސަލަ ޖީސީސީގެ އަހަރީ ބައްދަލުވުމަށް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް ޖީސީސީގެ ސަމިޓަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އަށް ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް ހަމަދު އައް ސާނީ ސަމިޓަށް ވަޑައިގންފައެއް ނުވެ އެވެ. ސަމިޓުގައި ބައިވެރިވި ގަތަރުގެ ވަފުދުގެ އިސް ވެރިއަކީ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް ސުލްތާން ބިން ސާދު އަލް މުރައިޚީ އެވެ.

ބަހުރޭން، ކުވޭތު، އޮމާން، ގަތަރު، ސައުދީ އަރަބިއާ އަދި ޔޫއޭއީ ހިމެނޭ ޖަމާއަތް އުފެއްދީ 1981 ވަނަ އަހަރު އެވެ.