11 ޑިސެމްބަރ 2018 - 07:36

ސްމާޓްފޯން މާކެޓަށް 5ޖީ ފޯނުތައް ތައާރަފުކުރާއިރު، އެ ތަނުގައި ވަންޕްލަސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި، 5ޖީ މޮބައިލް ނެޓްވޯކަށް ފައްކާކޮށް، އެންމެ ފުރަތަމަ ފޯނެއް އުފައްދާ ބަޔަކަށް އެ މީހުން ވާނެ އެވެ.
މުޅި ދުނިޔެ 5ޖީ މޮބައިލް ނެޓްވޯކަށް ތައްޔާރުވަމުން ދާއިރު، ވަންޕަލްސް އިން ބުނި ގޮތުގައި އެ މީހުން ތިބީ ހޭލަ އެވެ. ވަންޕްލަސް ފޯނުތައް ބޭނުންކުރާ އަދި އެ ކުންފުންޏަށް ވަފާތެރި މީހުންނަށް 5ޖީ އަކީ ކޮންއެއްޗެއްކަން ވަންޕްލަސް އިން ބުނެދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެހެން ނަމަވެސް، 5ޖީ ފޯނުތަކާ މެދު މިހާރު ވެސް ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށާއި އާ ޖީލަކަށް ސްމާޓްފޯނުތައް ވަދެގެންދާއިރު، ފޯނުތަކުގެ އަގަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ވަންޕްލަސް އިން 5ޖީ މޮބައިލް ނެޓްވޯކަށް ފައްކާކޮށް އުފައްދާ ފޯނުތަކުގެ އަގު ބޮޑުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުގައި، ވިސްނުން އެންމެ ރަނގަޅީ ވަންޕްލަސް 6ޓީ އަށް ވުރެ ވެސް، ވަންޕްލަސްގެ 5ޖީ ފޯނުތައް އަގުބޮޑުވާނެ ކަމަށެވެ.
ދުނިޔެ 5ޖީ އަށް ބަދަލުވާއިރު، ވަންޕްލަސް ވެސް ބަދަލުވާނެ އެވެ. އެހެން ނަމަވެސް، އެ ކުންފުނިން ބުނި ގޮތުގައި 5ޖީ ފޯނުތައް އުފައްދާ މިންވަރު، ހަމަ އެ މޮޑެލްގެ 4ޖީ ފޯނުތަކަށް ވުރެ މަދުވާނެ އެވެ.
މާކެޓަށް މުޅިން އާ ވައްތަރެއްގެ ފޯނުތަކެއް ނެރޭއިރު އަގު ބޮޑުވުން ވާނީ ކަސްޓަމަރުންނަށް ބުރައަކަށް ނަމަވެސް، އާ ޓެކްނޮލޮޖީ ބޭނުންކުރަން އެދޭ ބަޔަކަށް އެ ފުރުސަތު ލިބެންޖެހޭ ކަމަށް ވެސް ވަންޕަލް ބުނެ އެވެ. އެހެންވެ، 4ޖީ ފޯނުތައް އުފައްދާ މިންވަރު އެއްގޮތަކަށް ވެސް އަދި މަދުނުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ވަންޕަލްސް އިން ބުނި ގޮތުގައި 5ޖީ މާކެޓަށް ފޯނުތައް އުފެއްދުމަށް އެ ކުންފުނިން ބަރޯސާކުރާނީ ކުއަލްކޮމް އަށެވެ. އެ މަޝްވަރާތައް މިހާރު ވެސް ކުރި އަށް ދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.