ޑްރޯނެއްގައި މަތިންދާ ބޯޓެއް ނުޖެހުނީ ކިރިޔާ
ޑްރޯނެއްގައި މަތިންދާ ބޯޓެއް ނުޖެހުނީ ކިރިޔާ

ލަންޑަން (ޑިސެމްބަރު 16) - ހުއްދަކޮށްފައިވާ އުސްމިނަނަށް ވުރެ ގާތްގަނޑަކަށް 20 ގުނަ މަތިން އުދުހުނު ޑްރޯނެއް އިނގިރޭސި ވިލާތުގެ ސްޓެންސްޓެޑް އެއާޕޯޓަށް ދަތުރުކޮށްފައި ދިޔަ މަތިންދާ ބެއްޓެއްގައި ނުޖެހި ސަލާމަތްވީ ކިރިޔާ އެވެ.

ގާތްގަނޑަކަށް 10،000 ފޫޓް (ތިން ކިލޯ މީޓަރު) މަތިން ދަތުރުކޮށްފައި ދިޔަ ބޯއިން 737 ގެ މަތިންދާ ބޯޓުގެ ޕައިލެޓަށް ޑްރޯން ފެނުނު އިރު ބޯޓު ދިޔައީ އެއާޕޯޓަށް ތިރިކުރަން ތައްޔާރުވަމުންނެވެ. ޑްރޯން ދިޔައީ ބޯޓާ 15 މީޓަރު (50 ފޫޓް) ކައިރިންނެވެ.

މި ހާދިސާ އަށް ފަހު ބޯޓު ވަނީ ޗެކްކޮށްފަ އެވެ. ނަމަވެސް ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މަތިންދާ ބޯޓުގައި ޕަސިންޖަރުން ތިބި ކަމެއް ނުވަތަ އެއީ ކާގޯ ބޯޓެއް ކަމެއް ނޭނގެ އެވެ.

ޑްރޯން އޮޕަރޭޓްކުރި މީހާ ހޯދިފައެއް ނުވެ އެވެ. އެއާ ނެވިގޭޝަން އޯޑަ 2009 ގައިވާ ގޮތުން އެއާސްޕޭސްގައި ނުވަތަ 400 ފޫޓް (121 މީޓަރު) މަތިން އެއާ ޓްރެފިކް ކޮންޓްރޯލްގެ ހުއްދަ ނެތި ޑްރޯން އުދުއްސުމަކީ މަނާކަމެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނަކު ވިދާޅުވީ އެއާޕޯޓްތަކާ ކައިރީގައި ޑްރޯން އުދުއްސުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.