09 ޑިސެމްބަރ 2018 - 14:43

ވޮޝިންޓަން (ޑިސެމްބަރު 9) - ވައިޓްހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމުގައި ހުންނެވި ޖޯން ކެލީ މި އަހަރު ނިމުމުން މަގާމު ދޫކޮށްލައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.
ކެލީ އިސްތިއުފާ ދިނުމަށް ޕްރެޝަރު ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރިޓަޔާޑް ޖެނެރަލް އާއި ޓްރަމްޕްއާ ދެމެދު ގުޅުންތައް ވަނީ ވަރަށް ގޯސްވެފަ އެވެ.
ނަމަވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ ކެލީ އަކީ "ރަނގަޅު މީހެއް" ކަމަށާއި އޭނާގެ ބަދަލުގައި މަގާމު ދޭނެ މީހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ކެލީ ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
ޓްރަމްޕުގެ ވެރިކަމުގައި މިހާތަނަށް ވަނީ 28 މީހުން މަގާމުން ވަކިކޮށް ނުވަތަ ވަކިވެފަ އެވެ.