ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ
ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް، އެމްޑީޕީގެ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅިއްޖެ އެވެ.

ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ
ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ

އެމްޑީޕީން ބުނީ މިދިޔަ ހުކުރު ދުވަހާ ހަމައަށް އެ ޕާޓީއާ ގުޅިފައިވާ މެމްބަރުންނަށް ޕްރައިމަރީގައި ވޯޓު ލެވޭނެ ކަމަށެވެ.

ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ
ޕްރައިމަރީއާ ދިމާކޮށް ގިނަ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ

ޕްރައިމަރީގައި ވާދަކުރާ ގިނަ ކެންޑިޑޭޓުން ވަނީ އެ ޕާޓީއާ އަލަށް ގުޅުމަށް ގިނަ އަދަދެއްގެ އާއްމު މެމްބަރުންގެ ފޯމް ހުށަހަޅައިފަ އެވެ. އެއީ ޕްރައިމަރީގައި ވޯޓު ހޯދުމަށް ކަމަށް ބެލެވެ އެވެ. އެމްޑީޕީން ކޮށްފައިވާ ޓްވީޓުތަކަށް ބަލާއިރު ބަންޑެލި، ބަންޑެލީގައި އެތައް ސަތޭކަ ފޯމެއް ހުކުރު ދުވަހާ ހަމައަށް ވަނީ އެ ޕާޓީ އަށް ހުށަހަޅާފަ އެވެ.

އެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ އަދަދު ބެލުމަށް އެމްޑީޕީގެ އިސް ބޭފުޅުންނަށް ގުޅުމުން އަދި އެ މައުލޫމާތުތައް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީ އަށް ގިނަ އަދަދެއްގެ މީހުން ވައްދާއިރު އެއީ އެ ޕާޓީގެ މުސްތަގުބަލަށް ބަލާއިރު ގެއްލުންވާނެ ކަމެއް ކަމަށް އެ ޕާޓީގެ އެކްޓްވިސްޓުން ދަނީ ބުނަމުންނެވެ.

މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއެއްގައި އެމްޑީޕީން ވާދަކުރަން ނިންމާފައިވާއިރު ދާއިރާތަކުގެ ޓިކެޓު ދިނުމަށް ބާއްވާ ޕްރައިމަރީ އަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ވާނީ މި މަހުގެ 19 ވާ ބުދަ ދުވަހު އެވެ.

މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ގަސްދުކުރައްވާ ބައެއް ބޭފުޅުން މިހާރު ވެސް ގެންދަވަނީ އިންތިހާބަށް ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިފަހަރު އަލަށް އިތުރުވި ދާއިރާއެއް ކަމަށްވާ މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކެމްޕޭން ކުރައްވަން ފައްޓަވައިފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ ޕާޓީތަކުން ބަހާލައިގެން މަޖިލިސްގެ އެކި ދާއިރާތަކަށް ކުރިމަތިލާން ކުރިން އެއްބަސްވެފައިވީ ނަމަވެސް އެމްޑީޕީން ފަހުން ނިންމީ ހުރިހާ ގޮނޑިއަކަށް ވެސް ވާދަކުރުމަށެވެ. އެގޮތަށް ނިންމީ އެޕާޓީގެ ގައުމީ މަޖިލީހުންނެވެ.