"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމުން ވެސް ލޭއާ ސޭޑޫ ފެންނާނެ
"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމުން ވެސް ލޭއާ ސޭޑޫ ފެންނާނެ

އަދިވެސް ސްކްރިޕްޓިން މަރުހަލާގައި އޮތް "ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމުން ވެސް ލޭއާ ސޭޑޫ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމުން ވެސް ލޭއާ ސޭޑޫ ފެންނާނެ
"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމުން ވެސް ލޭއާ ސޭޑޫ ފެންނާނެ

ވެރައިޓީން ބުނި ގޮތުގައި 2015 ގައި ރިލީޒް ކުރި ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ސްޕެކްޓާ" ގައި ވެސް ލޭއާ ކުޅުނު ސައިކޮލޮޖިސްޓް މެޑެލިން ސްވޯންގެ ކެރެކްޓާ އިން އޭނާ ފެނިގެން ދާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލް ކުޅޭ ފަހު ފިލްމުގެ ވިލަންގެ ރޯލް ކުޅެން "ބޮހީމިއަން ރެޕްސޮޑީ"ގެ ތަރި ރަމީ މާލިކަށް ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް "ބޮންޑް 25" ގެ ޝޫޓިން ތާވަލުކޮށްފައި އޮތް ދުވަސްވަރަށް ރަމީގެ ޓީވީ ސިލްސިލާ "މިސްޓަ ރޮބޮޓް" ގެ ފަހު ސީޒަންގެ ޝޫޓިން ތާވަލުކޮށްފައި އޮތުމުން މި ފިލްމަށް އޭނާ އަށް ވަގުތު ދެވޭނެކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް މީޑިއާތަކުން ބުންޏެވެ. "މިސްޓަ ރޮބޮޓް" ގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާޗުން ޖުލައިއަށެވެ.

"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ލިޔެ، ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ ކެރީ ޖޯޖީ ފުކުންގާއާ އެވެ. އޭނާ މިހާރު އަންނަނީ ފިލްމުގެ ސްކްރީންޕްލޭގެ ފަހު ޑްރާފްޓްގެ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސީ ޖާސޫސީ އެޖެންޓް ޖޭސްމް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ހަތަރު ފިލްމުން ފެނިފައިވާ ކްރެއިގް މިހާރު އަންނަނީ ރިއަން ޖޯންސްގެ ކުރައިމް ތުރިލާ "ނައިވްސް އައުޓް" ގެ މަސައްކަތް ކުރަމުންނެވެ.

އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ 25 ވަނަ ބޮންޑް ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ފެބްރުއަރީ، 14، 2020 ގަ އެވެ.