އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

އަންނަ މާޗް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވާން އެޕާޓީން ހުޅުވާލައިފި އެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

އެމްޑީޕީން އެޕާޓީގެ ރަސްމީ ވެބްސައިޓްގައި ޖެހި އިއުލާނެއްގައި ބުނީ އިއްޔެއިން ފެށިގެން މަޖިލިސް އިންތިހާބުގެ ޕްރައިމަރީއަށް ހުޅުވާލާފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ މިމަހުގެ 19 ވާ ބުދަ ދުވަހު އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ޕްރައިމަރީއަށް ހުޅުވާލި އިރު އެޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ގަސްދުކުރައްވާ ބައެއް ބޭފުޅުން މިހާރުވެސް ގެންދަވަނީ މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިފަހަރު އަލަށް އިތުރުވި ދާއިރާއެއް ކަމަށްވާ މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކެމްޕޭން ކުރައްވަން ފައްޓަވާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ ޕާޓީތަކުން ބަހާލައިގެން މަޖިލިސްގެ އެކި ދާއިރާތަކަށް ކުރިމަތިލާން ކުރިން އެއްބަސްވެފައި ވީ ނަމަވެސް އެމްޑީޕީން ފަހުން ނިންމީ ހުރިހާ ގޮނޑިއަކަށް ވެސް ވާދަކުރުމަށެވެ. އެގޮތަށް ނިންމީ އެޕާޓޯގެ ގައުމީ މަޖިލީހުންނެވެ.

އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލި އިރު އިދިކޮޅު ޕީޕީއެމުން މިހާރު ވަނީ ގިނަ ދާއިރާތަކެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި އެކި ބޭފުޅުންނަށް ދީފަ އެވެ. އެގޮތުން މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރުވެސް ތިއްބެވި ގިނަ ބޭފުޅުންތަކަށް ޕީޕީއެމްގެ ޓިކެޓް ވަނީ ދީފަ އެވެ.