ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި
ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި

ވާވޭއިން އަލަށް ތައާރަފްކުރި ވާވޭ މޭޓް 20 އާއި މޭޓް 20 ޕްރޯ ދިރާގުން މިރޭ ވިއްކަން ފަށައިފި އެވެ.

ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި
ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި

ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާވޭގެ ދެ ފޯނު ލޯންޗު ކޮށްދެއްވީ ދިރާގުގެ ޑިޖިޓަލް ޓްރާސްފޯމޭޝަން ޑިރެކްޓަ މުހައްމަދު މުސާދް އެވެ. އަދި ފޯނު ލޯންޗުކޮށް، އެ ފޯނު ޕްރީ އޯޑަރު ކުރި އެންމެ ފުރަތަމަ ފަރާތްތަކަށް ފޯން ވިއްކި އެވެ.

ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި
ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކަން ފަށައިފި

މިރެއިން ފެށިގެން ދިރާގުން ވިއްކަން ފެށި ވާވޭ މޭޓް 20ގެ 128 ޖީބީގެ އަގަކީ 10،999 ރުފިޔާ އެވެ. ވާވޭ މޭޓް 20 ޕްރޯގެ 128 ޖީބީ ވިއްކަނީ 15،999 ރުފިޔާއަށެވެ.

އިންސްޓޯލްމަންޓަށް ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ވާވޭ 20 މޭޓްގެ އެޑްވާންސް ޕޭމަންޓަށް 2،999 ރުފިޔާ ދައްކަން ޖެހެ އެވެ. އޭރުން މަހަކު 988 ރުފިޔާ ދައްކާ ގޮތަށް ފޯނު ލިބެ އެވެ. އަދި މޭޓް 20 ޕްރޯ ލިބެނީ އެޑްވާންސަށް 2،999ރ ދެއްކުމަށް ފަހު މަހަކު 1،148 ދައްކާ ގޮތަށެވެ.

ދިރާގުން ބުނީ ދިރާގުން އެ ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ހިލޭ ފަސް ޖީބީ ލިބޭނެ ކަމަށެވެ.

މޭޓް 20 ފޯނު ގަންނަ ފަރާތްތަކަށް ހާއްސަ އިނާމެއްގެ ގޮތުގައި ސްމާޓް ފްލިޕް ފޯން ކަވަރެއް ލިބެ އެވެ. އަދި މޭޓް 20 ޕްރޯގެ ފޯނާ އެކު ސްމާޓް ފްލިޕް ކަަވަރަކާއި، ވަޔާލަސް ޗާޖަރެއް ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ވާވޭ މޭޓް މޮޑެލްގެ ދެ ފޯނު ނެރުނީ އާ ގިނަ ޓެކްނޮލޮޖީތަކާ އެކު އެވެ. އެގޮތުން އޮން ސްކްރީން ފިންގާ ޕްރިންޓް ސެންސާ އާއި ރިވާސް ވަޔާލަސް ޗާޖިން ވެސް ހިމެނެ އެވެ. މިއީ ވަޔާލަސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެހެން ފޯނުތައް ޗާޖުކުރެވޭ ޓެކްނޮލޮޖީއެކެވެ. މި މޮޑެލްގައި ހަތަރު ކެމެރާ އެކުލެވިގެން ވެ އެވެ. އެގޮތުން 40 މެގަޕިކްސަލް، 16 މެގަޕިކްސަލް، 12 މެގަޕިކްސަލް އަދި އަށް މެގްޕިކްސަލްގެ ފްރަންޓް ކެމެރާއެއް ހިމެނެ އެވެ.

ދިރާގުން ގަންނަ ވާވޭގެ މި ފޯނަށް އެއް އަހަރުގެ ވޮރެންޓީއެއް ވެސް ލިބެ އެވެ.