08 ޑިސެމްބަރ 2018 - 06:43

ދަރިން ނުލިބޭ މީހުން ހޯދާ ފަރުވާތަކުގެ ތެރެއިން މިހާރު އެންމެ އާންމު އެއް ފަރުވާއަކީ އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) އެވެ. ސުވާލަކީ މިގޮތަށް އުފަންވާ ކުދިންނަށް ސިއްހީ ގޮތުން އެއްވެސް ނުރައްކަލެއް އެބަ އޮތްތޯ އެވެ؟
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި އައީވީއެފް މެދުވެރިކޮށް އުފަންވާ ކުދިންނަށް ސިއްހީ މާ ބޮޑެތި މައްސަލަތަކެއް ނެތް ނަމަވެސް، ނޭވާހިއްލުމުގެ ބަލި ތަހައްމަލު ކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެފަދަ ކުދިންނަށް ނޭވާހިއްލުމުގެ މައްސަލައާ ކުރިމަތިލާން ޖެހޭ މައިގަނޑު އެއް ސަބަބަކީ އައިވީއެފްގެ ފަރުވާގެ ތެރޭގައި މައިމީހާ ބޭނުން ކުރާ ބޭހެވެ. ހަމަމިއާ އެކު އައިވީއެފް މެދުވެރިކޮށް އުފަންވާ ކުދިން ނޭވާހިއްލުމަށް ކުރިމަތިވާ ސަބަބަކުގެ ތެރޭގައި އެމްބްރިިއޯ ރަހިމަށް ލެއްވުމުގެ މަރުހަލާ ތެރޭގައި ދިމާވާ ކަންކަން ހިމެނެ އެވެ.
އައިވީއެފްއަކީ އަންހެން މީހާގެ ހަށިގަނޑުން ބިސް ނަގައި ފިރިހެން މީހާގެ ދަރިފަންޏާ ގުޅުވައި ދަރިމައިކުރުމެވެ. އެއަށް ފަހު އެމްބްރިޔޯ ރަހިމު ތެރެއަށް ފޮނުވާލަ އެވެ.