ގެއެއްގެ ބެލްކަންޏެއް ވެއްޓި ސައިކަލްތަކަކަށް ގެއްލުންވެއްޖެ
ގެއެއްގެ ބެލްކަންޏެއް ވެއްޓި ސައިކަލްތަކަކަށް ގެއްލުންވެއްޖެ

މާލޭގެ ގެއެއްގެ ތިންވަނަ ފްލޯގެ ބެލްކަންޏެއް ވެއްޓި، އެ ގޭގެ ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކަކަށް މިއަދު ގެއްލުވެއްޖެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ ހ. ހާޖަރާގޭގެ ތިން ވަނަ ފްލޯގެ ބެލްކަންޏެއް ވެއްޓިގެން، އިރުއޮއްސި 6:35 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ގޭގެ ތިރީގައި ޕާކް ކޮށްފައި ހުރި ހަތަރު ސައިކަލަކަށް ގެއްލުން ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ބެލްކަނި ވެއްޓުނީ ކިހިނެއް ވެގެން ކަމެއް އަދިއެއް ނޭނގެ އެވެ.