ހިޒްބުﷲ ގެ ޓަނަލްތައް އިޒްރޭލުން ބަންދުކުރަނީ
ހިޒްބުﷲ ގެ ޓަނަލްތައް އިޒްރޭލުން ބަންދުކުރަނީ

ތެލް އަވީވް (ޑިސެމްބަރު 4) - އިޒްރޭލްގެ ސަރަހައްދުގައި ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ކޮނެފައިވާ ޓަނަލްތައް ބަންދުކުރުމުގެ މަސައްކަތް އިޒްރޭލް ސިފައިން ފަށައިފި އެވެ.

އިޒްރޭލުން ބުނީ ހިޒްބުﷲ ގެ ޓަނަލްތައް ބަންދުކުރަނީ އާއްމުންނަށް އެކަމުގެ ނުރައްކާ ފޯރުމުގެ ކުރިން ކަމަށެވެ. ނަމަވެސް ބަންދު ކުރަނީ ކިތައް ޓަނަލް ކަމެއް ނޭނގެ އެވެ. އިޒްރޭލުން ބުނެފައި ވަނީ ބަންދު ކުރަނީ އެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރީ ކޮނެފައިވާ ޓަނަލްތައް ކަމަށެވެ.

އިޒްރޭލާއި ހިޒްބުﷲ ގެ ހަމަލާތައް 2006 ވަނަ އަހަރު ވަނީ ވަރުގަދަވެ ހަނގުރާމައަކާ ހިސާބަށް ގޮސްފަ އެވެ. އެ ހަމަލާތަކުގައި ވަނީ ލުބުނާނުގެ 1،125 އާއްމުންނާއި އިޒްރޭލުގެ 40 އަށް ވުރެ ގިނަ އާއްމުން މަރުވެފަ އެވެ.

ހިޒްބުﷲ އިން ވަނީ އިޒްރޭލަަށް ރޮކެޓް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.