ނޫސްވެރިޔާގެ މަރާގުޅޭ މައުލޫމާތު ސީއައިއޭ އިން ކޮންގްރެސް އަށް ދެނީ
ނޫސްވެރިޔާގެ މަރާގުޅޭ މައުލޫމާތު ސީއައިއޭ އިން ކޮންގްރެސް އަށް ދެނީ

ވޮޝިންޓަން (ޑިސެމްބަރު 4) - ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ގުޅޭ މައުލޫމާތު އެމެރިކާގެ ކޮންގްރެސްގެ މެންބަރުންނަށް ސީއައިއޭ އިން ދިނުމަށް ނިންމައިފި އެވެ.

ސީއައިއޭގެ ޑިރެކްޓަރު ގިނާ ހަސްޕެލް ސެނެޓުގެ މެންބަރުންނާ މިއަދުގެ ވަގުތެއްގައި ބައްދަލު ކުރައްވާނެ އެވެ. ނޫސްވެރިޔާގެ މަރާ ގުޅޭ މައުލޫމާތު މިދިޔަ ހަފުތާގައި ވަނީ ޚާރިޖީ ވަޒީރު މައިކް ޕޮމެޕެއޯ އާއި ޑިފެންސް މިނިސްޓަރު ޖިމް މެޓިސް ސެނެޓަށް ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި ހަސްޕެލް ނެތުމުން ކޮންގްރެސްގެ ބައެއް މެންބަރުންގެ ހިތްމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ.

ނޫސްވެރިޔާ މިދިޔަ އޮކްޓޯބަރު މަހު މަރާލީ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގަ އެވެ. ސައުދީން ވަނީ ނޫސްވެރިޔާގެ މަރާ ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ނިންމައިފަ އެވެ. ނަމަވެސް ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ސައުދީން ވަނީ ދޮގުކޮށްފަ އެވެ.

ސެނެޓުގެ މެންބަރުންނާ ބައްދަލު ކުރައްވާ ޕޮމްޕެއޯ އާއި މަޓިސް ވެސް ވިދާޅުވެފައި ވަނީ ނޫސްވެރިޔާގެ މަރާ ވަލީ އަހުދާ ގުޅުމެއް ނެތް ކަމަށެވެ.