ފުލިދޫގެ ޖެޓީ ވެއްޓުމުން އަރައިފައިބާނެ ގޮތެއް ނެތިފައި
ފުލިދޫގެ ޖެޓީ ވެއްޓުމުން އަރައިފައިބާނެ ގޮތެއް ނެތިފައި

ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކޮށް ހިންގާ ވ. ފުލިދޫގެ ޖެޓީ ވެއްޓިފައި ވާތީ އެރަށަށް މިހާރު އަރައިފައިބަނީ މޫދަށް އެރިގެން ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ފުލިދޫގެ ޖެޓީ ވެއްޓުމުން އަރައިފައިބާނެ ގޮތެއް ނެތިފައި
ފުލިދޫގެ ޖެޓީ ވެއްޓުމުން އަރައިފައިބާނެ ގޮތެއް ނެތިފައި

ފުލިދޫ ކައުންސިލުން ބުނީ ރަށުގެ ހަމައެކަނި ޖެޓީއަށް އެންމެ ފުރަތަމަ ބޮޑު ގެއްލުމެއް ލިބުނީ މި އަހަރުގެ އޭޕްރީލް 29 ގައި ލިލީ އެންޓަޕްރައިޒަސްގެ ސަޕްލައި ދޯންޏަކުން ޖެހިގެން އަރިއަޅާލުމުންނެވެ. އެ ގެއްލުން މަރާމާތު ނުކުރެވި އޮއްވާ ޖެޓީ ވެއްޓުނީ މިދިޔަ އާދިއްތަދުވަހު ކަމަށް ކައުންސިލުން ބުނެ އެވެ.

ފުލިދޫގެ ޖެޓީ ވެއްޓުމުން އަރައިފައިބާނެ ގޮތެއް ނެތިފައި
ފުލިދޫގެ ޖެޓީ ވެއްޓުމުން އަރައިފައިބާނެ ގޮތެއް ނެތިފައި

އެ ޖެޓީ ނޫން އެހެން ތަނެއް ރަށް އަރައިފައިބަން ހަދާފައެއް ނުވެ އެވެ.

އެގާރަ ގެސްޓް ހައުސް ހިންގާ އެ ރަށުގައި މިހާރު ވެސް 70 އެއްހާ ޓޫރިސްޓުން އެބަތިބި ކަމަށް ރަށު ކައުންސިލުން ބުނެ އެވެ. އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ ރަށަށް މިހާރު އަރައިފައިބަން ޖެހެނީ މޫދަށް އެރިގެން ކަމަށް ވާތީ އެކަމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް ކައުންސިލް މެމްބަރު މޫސާ ފާއިޒް ވިދާޅުވި އެވެ.

"ޖެޓީއަކަށް ކައިރިއެއް ނުކުރެވޭ. އެހެންވެ ލޯންޗްތަކާއި ފެރީތައް ވެސް ވަނީ ހުއްޓާލާފައި،" ފާއިޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނީ ޖެޓީއަށް ނާރަން އަންގާފައި މީހަކަށް އަނިއްޔާއެއް ލިބިދާނެތީ. ޖެޓީ އެއްކޮށް ވެއްޓޭނެ އިއްރެއް ބުނާކަށް ނޭނގޭ. މިހާރު ޖެޓީގައި އެއްވެސް ސަޕޯޓެއް ނެތް."

ޖެޓީ ހަދަން ހަރަދުވާނެ ކަމަށް ފުލިދޫ ކައުންސިލުން ލަފާކުރަނީ 455،705ރ. އެވެ. އަދި އެކަން ލިލީއަށް އަންގާފައިވާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ފާއިޒު ވިދާޅުވި ގޮތުގައި ލިލީ އެންޓަޕްރައިޒަސްއިން ޖެޓީ ހަދައިނުދީ ނަމަ އެ މައްސަލަ މި މަހު ކޯޓަށް ހުށަހަޅާނެ އެވެ.

އެ ރަށުގައި 250 ފޫޓު ދިގު ޖެޓީއެއް އަޅަން ސަރުކާރުން މި އަހަރު ބަޔަކާ ހަވާލުކުރި އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެހެންކަމުން ފާއިޒް ވިދާޅުވީ އެ ރަށުގެ ޖެޓީ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ބޭނުންވާ ކަމަށެވެ.