03 ޑިސެމްބަރ 2018 - 13:47

ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދި ދެ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހެޅި ބިލާ ދެކޮޅަށް އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި އިހްތިޖާޖް ކުރައްވައިފި އެވެ.
"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. މިއަދު 1:30 ގައި އޮތީ މި ބިލް ބަލައިގަތުމަށް ވޯޓަށް އެހުމެވެ.
ނަމަވެސް، ޕީޕީއެމް މެމްބަރުން ވަނީ މިއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ވިދާޅުވެ، އެ ބިލަށް ވޯޓަށް ނޭއްސެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ކައުންސިލް ޖެނެރަލްގެ ލަފައާއެކު، މި ބިލަށް ވޯޓަށް އެހުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ނަމަވެސް، ގާސިމް އެގޮތަށް ވިދާޅުވިޔަސް، ޕީޕީއެމް މެމްބަރުން ވަނީ، މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި އަޑުގަދަ ކުރައްވައިފަ އެވެ.