03 ޑިސެމްބަރ 2018 - 12:16

އުރީދޫ ބްރޯޑްބޭންޑްގެ ހަލުވި ސްޕީޑްތަކުގެ ހިދުމަތް ރ. ދުވާފަރަށް ތައާރަފްކޮށްފި އެވެ.
އިއްޔެ ދުވާފަރަށް ތައާރަފްކުރި ހިދުމަތުގައި ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދު ސްޕީޑް ލިބޭ ޕެކޭޖްތައް ހިމެނެ އެވެ.
އުރީދޫން ބުނީ އާ ހިދުމަތްތަކާ އެކު ދުވާފަރު ރައްޔިތުންނަށް ލުއިފަސޭހަ ވާނެ އެވެ.
އެ ކުންފުނީގެ އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، އަގުހެޔޮކޮށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އުރީދޫން ބުންޏެވެ. އަދި ދުވާފަރަށް އުރީދޫ ސުޕަނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށް އުރީދޫން ފާހަގަ ކުރި އެވެ.
މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނިން ވަނީ ޑިސެމްބަރު 31، 2018 ގެ ކުރިން ސުޕަނެޓް ޚިޔާރު ކުރައްވާ ދުވާފަރުގެ ކަސްޓަމަރުންނަށް އެއްވެސް ކަނެކްޝަން ފީއެއް ނުހިމެނުމަށް ވަނީ ހަމަޖައްސައިފަ އެވެ.