އަވަހަށް ހަކަތަ ގެންނަން ކާށިތެޔޮ ކޮފީ
އަވަހަށް ހަކަތަ ގެންނަން ކާށިތެޔޮ ކޮފީ

މިއީ ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު އާންމުވަމުން އަންނަ ކަމެކެވެ. އަޖުމަ ބަލައިލަން އެއްބަޔަކު މިކަން ކުރަމުން އަންނައިރު އަނެއް ބަޔަކު މީގެ ބޭނުންކުރަނީ ސިއްހަތަށް ފައިދާހުރި އެއްޗަކަށް ވާތީ އެވެ. އެއްބަޔަކު ކޮފީ ބޮނީ ދުވަސް ފެށުމުގެ ހަކައިގެ ގޮތުން ނުވަތަ ވަރުބަލިކަން އިހްސާސް ވުމުން ކަމަށް ވާއިރު ކޮފީ އަށް ކާށިތެޔޮ އެއްކޮށްލުމުން މިކަމަށް ވެސް އިތުރު ބާރެއް ލިބެ އެވެ.

ކޮފީއަށް ކާށިތެޔޮ އެއްކުރުމުން އެއިން ހަށިގަނޑަށް ލިބޭ ހަކަތަ އިތުރުވެގެންދެ އެވެ. ކޮފީގައި ހުންނަ ކެފެއިން އަކީ ވެސް ރަނގަޅު އެއްޗެކެވެ. މަސައްކަތަށް ބޭނުންވާ ޖޯޝާއި ހަކަތަ އެއިން ލިއްބައިދެ އެވެ. އެކަމަކު ކާށިތެލަކީ އަދި މިކަމަށް މިއަށްވުރެ މާ ރަނގަޅު އެއްޗެކެވެ. ޚާލިސް ކާށިތެލަކީ ހަށިގަނޑަށް ވަރަށް އަވަހަށް ނަގައިގަނެ ހަކަތަ އުފައްދާ އެއްޗެކެވެ.

މެޓަބޮލިޒަމް ވެސް އިތުރުކޮށްދޭނެ އެވެ. ކާށިތެޔޮ ވަރަށް އަވަހަށް ވަރަށް އެކަށީގެންވާ ގޮތަށް ކެލަރީސްއަށް ބަދަލުކޮށްފަ އެވެ. އެއީ ހަށިގަނޑުގެ ހަކަތަ އެވެ.

ކާށިތެލުން ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ. ކާށިތެލުގެ ފައިދާ މިހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ކާށިތެލުގެ 50 ޕަސެންޓް ފެޓީ އެސިޑަކީ ލައުރިކް އެސިޑެވެ. އާންމު ގޮތެއްގައި މިއީ ގާތުން ދޭ ކިރުގައި ހުންނަ މާއްދާއެކެވެ. މިއީ މައިކްރޮއޮގަނައިޒަމްއާ ދެކޮޅަށް ހަރަކާތްތެރިވާ އެއްޗެކެވެ. މިއީ އާންމު ރޯގާތަކާއި އަރިދަފުސް ރޯގާ ފަދަ ބަލިތަކާ ދެކޮޅަށް ވަރަށް ރަނގަޅަށް ހަމަލާދޭ މާއްދާއެކެވެ.

އިތުރު އެއްޗެއް އެއްކޮށްފައި ނެތް ކޮފީއެއް ހޫނުފެނުގައި ގިރާލާށެވެ. މި ކޮފީ ބްލެންޑަރަކަށް އެޅުމަށް ފަހު އޭގެ ތެރެއަށް ކާށިތެޔޮ އަޅާނީ އެވެ. އަޅާނީ ކޮފީ ޖޯޑަކަށް އެއް މޭޒުމަތީ ސަމުސާ ކާށިތެލެވެ. ރަހަ ތަފާތުކޮށްލުމަށް ކާށި ހުނިކޮޅެއް ވެސް އަޅާލެވިދާނެ އެވެ.