ސަލްމާން ޚާން ކައިވެނިކޮށްފި ކަމަށް ބުނަން ފަށައިފި
ސަލްމާން ޚާން ކައިވެނިކޮށްފި ކަމަށް ބުނަން ފަށައިފި

މަޝްހޫރު އެކްޓަރު ސަލްމާން ޚާނާއި ރޫމޭނިޔާގެ މޮޑެލް އިއުލިއާ ވަންތޫރު ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު ކުޅެމުންދާ "ޓިއުބުލައިޓް"ގެ ޝޫޓިންގައި ސަލްމާނާ އެކު އިއުލިއާ ބައިވެރިވި ކަމުގެ ވާހަކަތަކެއް ވެސް މިދިޔަ ހަފުތާގައި ވަރަށް ގަދަޔަށް ދެކެވުނެވެ. މި ދެ މީހުން ކައިވެނިކޮށްފި ކަމަށް ވެސް މިހާރު ވާހަކަ ދެކެވެ އެވެ.

މިއަހަރުގެ ފަހުކޮޅު ސަލްމާނާއި އިއުލިއާ ކައިވެނިކުރަން އުޅޭކަމުގެ ވާހަކަތަކެއް ވެސް ދުވަސްކޮޅެއް ކުރިން އިވުނެވެ. ނަމަވެސް ސަލްމާން މި ވާހަކަ ޔަގީންކޮށެއް ނުދެ އެވެ. ނަމަވެސް ރޫމޭނިޔާގެ ނޫހެއްގައި ބުނާ ގޮތުން ސަލްމާނާއި އިއުލިއާ މިހާރު އުޅެނީ ކައިވެނިކޮށްފި އެވެ. މި ރިޕޯޓުގައިވާ ގޮތުން އިއުލިއާ އަށް މިހާރު ރޫމޭނިޔާގައި މުޚާތަބުކުރަނީ "މިސިޒް ޚާން"ގެ ނަމުންނެވެ.

ރޫމޭނިޔާ ބަހުން އިއުލިއާއާ މުޚާތަބު ކުރަނީ "ޑޯއްމާ ޚާން"ގެ ނަމުން ކަމަށާއި މާނައަކީ "ރޯޔަލް މިސިޒް ޚާން" ކަމަށް އެ ނޫހުގައިވެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކައިވެނިކުރިކަން އިއުލާންކުރަން ސަލްމާން ލަދުން ރޫމޭނިޔާގެ ނޫސްތަކުން އެ ޚަބަރު އެންމެ ފުރަތަމަ ދިނުން ވެސް އެކަށީގެންވެ އެވެ.

ޔަގީންވާ ކަމަކީ އިއުލިއާ އަކީ ސަލްމާނާއި އޭނާގެ އެކުވެރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމެވެ. އޭނާގެ ހިތްހެޔޮކަމާއި ހިތްތެރިކަމުން ސަލްމާން އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. ޚާއްސަކޮށް، ސަލްމާންގެ އާއިލާ އާއި އެކުވެރިންގެ ހިތް އިއުލިއާ ވަނީ އަތުލާފަ އެވެ.

އެކަމަކު ސަލްމާންގެ ކައިވެންޏާ ބެހޭ ގޮތުން މިހާތަނަށް ދެކެވިފައިވާ ހުރިހާ ވާހަކައެއް އޭނާ ވަނީ ސަމާސާއަކަށް ހަދާފައި ދޮގުކޮށްފަ އެވެ.