17 އަހަރުގެ ކުއްޖަކާ ކައިވެނިކުރި އަންހެނަކު ހައްޔަރުކޮށްފި
17 އަހަރުގެ ކުއްޖަކާ ކައިވެނިކުރި އަންހެނަކު ހައްޔަރުކޮށްފި

މުމްބާއީ (ޑިސެމްބަރު 1) - އިންޑިއާގެ މުމްބާއީގައި 17 އަހަރުގެ ފިރިހެން ކުއްޖަކާ ކައިވެނި ކުރި 20 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

އަންހެން މީހާ އާއި އެ މީހުންގެ ފަސް މަހުގެ ދަރިފުޅު ބަންދުގައި ތިބޭތާ މިހާރު ދެ ހަފުތާވެއްޖެ އެވެ. އަންހެން މީހާ ހައްޔަރުކުރީ ފިރިހެން ކުއްޖާގެ މަންމަ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އަންހެން މީހާ ބުނެފައި ވަނީ އެ ދެ މީހުން ކައިވެނި ކުރީ އެކަކު އަނެކަކު ރުހުމުގައި ކަމަށެވެ. އަދި އޭނާގެ ފިރިމީހާ އަކީ ޅަ ކުއްޖެއް ކަމަށް ގަބޫލް ނުކުރާ ކަމަށް ބުންޏެވެ.

އަންހެން މީހާ ބުނީ އޭނާގެ ފިރިމީހާގެ ދެ ދައްތަ އިން ތިބޭ ކަމަށާއި އޭގެ ތެރޭން އެކެއްގެ އުމުރަކީ 20 އަހަރު ކަމަށާއި އެނެއް ކުއްޖާގެ އުމުރަކީ 18 އަހަރު ކަަމަށެވެ. އެހެންވެ އޭނާގެ ފިރިމީހާ އަށް 17 އަހަރު ވާން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް ބުންޏެވެ.

އިންޑިއާގައި ގާނޫނީ ގޮތުން ކައިވެނި ކުރެވޭ އުމުރެއްގެ ގޮތުގައި ފިރިހެނުންނަށް އޮންނަނީ 18 އަހަރެވެ. އަދި އަންހެނުންނަށް 21 އަހަރެވެ. އެހެންވެ އަންހެން މީހާ ވެސް ޅަ އުމުރުގައި ކައިވެނި ކުރި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.