ނިއު ޒީލެންޑުގެ ގޮނޑުދޮށަކުން 50 ބޮޑުމަސް މަރުވެއްޖެ
ނިއު ޒީލެންޑުގެ ގޮނޑުދޮށަކުން 50 ބޮޑުމަސް މަރުވެއްޖެ

ވެލިންޓަން (ނޮވެމްބަރު 30) - ނިއު ޒީލެންޑުގެ ޗަތަމް އައިލެންޑްސްގެ ގޮނޑުދޮށަކަށް ލައްވި ބޮޑުމަސްތަކެއްގެ ތެރޭން 51 ބޮޑު މަސް މަރުވެއްޖެ އެވެ.

ނިއު ޒީލެންޑުގެ ގޮނޑުދޮށަކުން 50 ބޮޑުމަސް މަރުވެއްޖެ
ނިއު ޒީލެންޑުގެ ގޮނޑުދޮށަކުން 50 ބޮޑުމަސް މަރުވެއްޖެ

ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ ނިއު ޒީލެންޑުގެ ގޮނޑުދޮށްތަކުން ވަނީ 200 ވަރަކަށް ބޮޑު މަސް މަރުވެފަ އެވެ. ނިއު ޒީލެންޑުގެ ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަން (ޑީއޯސީ) އިން ބުނީ އިއްޔެ ހެންސަން ބޭ ގައި 80 އާއި 90 އާ ދެމެދުގެ އަދަދެއްގެ ބޮޑުމަސް ތާށިވެފައި ކަމަށެވެ. މީގެ ތެރޭން ބައެއް ބޮޑު މަސް ސަލާމަތް ކުރެވުނު ނަމަވެސް ގިނަ މަސް ވަނީ މަރުވެފަ އެވެ. މަރުވި ބޮޑު މަސްތައް ވަނީ ގޮނޑުދޮށުގައި ވަޅުލައިފަ އެވެ.

މަރުވެފައިވާ ބޮޑުމަސްތައް ފެނިފައި ވަނީ ނިއު ޒީލެންޑުގެ ސައުތު އައިލެންޑުގެ އިރުން 800 ކިލޯ މީޓަރު (500 މޭލު) ދުރުގައި އޮންނަ ޗަތަމް އައިލެންޑްސް އިންނެވެ. މިދިޔަ ހަފުތާގައި ވަނީ ނިއު ޒީލެންޑުގެ ސްޓޫވާޓް އައިލެންޑް އިން މަރުވެފައިވާ 150 ބޮޑުމަސް ފެނިފަ އެވެ.

ނިއު ޒީލެންޑަކީ ބޮޑު މަސް އެންމެ ގިނައިން ލައްވާ އެއް ގައުމެވެ. ޑީއޯސީ އިން ބުނީ އަހަރަކު 85 މިފަދަ ހާދިސާ ދިމާވާ ކަމަށެވެ.

ސައުތު އައިލެންޑުގެ ގޮނޑުދޮށެއްގައި މިދިޔަ އަހަރު ވަނީ 300 ބޮޑު މަސް މަރުވެފަ އެވެ.