29 ނޮވެމްބަރ 2018 - 21:14

ޖަރުމަނުގެ ހާއްސަ އުފެއްދެމެއް ކަމަށްވާ މިންޓަނައިން ބްލޫލެމަނޭޑް ހެޕީމާކެޓުން އިއްޔެ ތައާރަފްކޮށްފި އެވެ.
ޔޫރަޕްގެ ބާޒާރުގައި "ލައިފްސްޓައިލް ޑްރިންކެއް" ގޮތުގައި މަޝްހޫރު ވެފައިވާ މިންޓަނައިން ބްލޫލެމަނޭޑަކީ ހޫނު ގަދަ ދުވަހެއްގައި އަރުތެރެ ތާޒާކޮށްލަދޭ ތަފާތު މީރު ބުއިމެކެވެ.
ހެޕީ މާކެޓުން ބުނީ މިންޓަނައިން ބްލޫލެމަނޭޑަކީ އެނާޖީ ޑްރިންކެއް ނޫން ކަމަށެވެ. އޭގައި އެއްވެސް ވަރަކަށް ކެފޭންގެ ބާވަތެއް ނުހިމެނޭނެ ކަމަށް ވެސް ހެޕީ މާކެޓުން ބުންޏެވެ.
އެ ކުންފުނިން ބުނީ ރިސޯޓާއި ގެސްޓްހައުސްތަކުގައި ކޮކްޓެއިލް ރެސިޕީތައް ހެދުމަށާއި ރެސްޓޯރަންޓްތަކުގައި ތަފާތު ބުއިން ތައްޔާރުކުރަން ވެސް މިންޓަނައިން ބޭނުންކުރެވޭނެ ކަމަށެވެ.
މިންޓަނައިންގެ ރަހަ އާންމުންނަށް ދައްކާލަން އަންނަ މަހު ހާއްސަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި ސޯޝަލް މީޑިއާގައި މިއަދުން ފެށިގެން ހާއްސަ މުބާރާތެއް ވެސް އަންނަނީ ހިންގަމުންނެވެ.