މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް
މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް އެމްޑީޕީގެ އޮފީހަށް މިއަދު ވަޑައިގެންފި އެވެ.

މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް
މައުމޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީގެ އޮފީހަށް މައުމޫން ވަޑައިގަތީ، އަންނަ އަހަރުގެ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކޯލިޝަނުން ވާދަކުރުމާ ގުޅޭ ގޮތުން އެ ކޯލިޝަންގެ ލީޑަރުންގެ މެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުމަކަށެވެ.

މި ބައްދަލުވުމުގައި މައުމޫންގެ އިތުރުން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެ ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގުޅިގެން ވާދަކުރަން އެއްބަސްވެފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފައި ވީ ނަމަވެސް އެ ދާއިރާތައް އަދި ކަނޑައެއް ނާޅަ އެވެ. އަދި އެކަމުގައި، ޕާޓީތަކުގެ މެދުގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.