27 ނޮވެމްބަރ 2018 - 18:17

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި "އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް"ގެ ނަން "އިކޮނޮމިކް ކައުންސިލް" އަށް ބަދަލު ކުރައްވައި، އެ ކައުންސިލަށާއި ސޯޝަލް ކައުންސިލަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން މެމްބަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.

މީގެ ތެރެއިން އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް އޮފީހުން ބުނިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ކައުންސިލްގެ ކޯޗެއާ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް (ތްރީއޭ) އެވެ.

ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ކޮމިޓީގެ ކޯޗެއާ އަކީ އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމަށް މިއަދު އައްޔަން ކުރެއްވި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އެވެ.
މި ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ 10 ބޭފުޅެކެވެ؛ އެއީ
1- ރައީސް އޮފީހުގެ މިނިސްޓަރު- އަލީ ޝިޔާމް (ކޯޗެއާ)
2- ފިނޭންސް މިނިސްޓަރު- އިބްރާހިމް އަމީރު
3- އިންފްރާސްޓްރަކްޗަރު މިނިސްޓަރު- މުހައްމަދު އަސްލަމް
4- ކޮމިއުނިކޭޝަން މިނިސްޓަރު- މުހައްމަދު މަލީހް ޖަމާލް
5- ޓްރާންސްޕޯޓް މިނިސްޓަރު- އާއިޝަތު ނަހުލާ
6- ޓޫރިޒަމް މިނިސްޓަރު- އަލީ ވަހީދު
7- އިކޮނޮމިކް މިނިސްޓަރު- ފައްޔާޒް އިސްމާއިލް
8- ފިޝަރީޒް މިނިސްޓަރު- ޒަހާ ވަހީދު
9- ހައުސިން މިނިސްޓަރު- އައިމިނަތު އާތިފާ
10- އެންވަޔަރުމަންޓް މިނިސްޓަރު- ޑރ. ހުސައިން ރަޝީދު ހަސަން
1- އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ- ޑރ. މުސްތަފާ ލުތުފީ (ކޯޗެއާ)
2- ހޯމް މިނިސްޓަރު- އިމްރާން އަބްދުﷲ
3- ހަޔާ އެޑިއުކޭޝަން މިނިސްޓަރު- ޑރ. އިބްރާހިމް ހަސަން
4- ހެލްތު މިނިސްޓަރު- އަބްދުﷲ އަމީން
5- އެޑިއުކޭޝަން މިނިސްޓަރު- ޑރ. އާއިޝަތު އަލީ
6- އާޓްސް، ކަލްޗަރު މިނިސްޓަރު- ޔުމްނާ މައުމޫން
7- އިސްލާމިކް މިނިސްޓަރު- ޑރ. އަހުމަދު ޒާހިރު
8- ޔޫތު، ސްޕޯޓްސް މިނިސްޓަރު- އަހުމަދު މަހްލޫފް
9- ޖެންޑާ މިނިސްޓަރު- ޝިދާތާ ޝަރީފް