މެރީޑިއަމް ބޯޓެއްގެ ފަޅުވެރިއެއްގެ ގައިގައި ރޯވެ ފިހިއްޖެ
މެރީޑިއަމް ބޯޓެއްގެ ފަޅުވެރިއެއްގެ ގައިގައި ރޯވެ ފިހިއްޖެ

ތ. މަޑިފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް އެ ބޯޓުގެ ފަޅުވެރިއެއްގެ ގައިގައި އަލިފާން ރޯވެ މިއަދު ފިހިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ 53 އަހަރުގެ އެ ފިރިހެން މީހާގެ ގައިގައި ރޯވީ، އެ ބޯޓުގައި އެހެން މީހަކު ގްރޭންޑަރު ބޭނުން ކުރަނިކޮށް، ޕެޓްރޯލް ހޮޅިއެއް ނައްޓާލި ވަގުތު ކަމަށެވެ.

އަލިފާން ރޯވީ، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމްގެ ބޯޓުގައި މަސައްކަތް ކުރާ މީހެއްގެ ގައިގަ އެވެ. އޭނާގެ ބަނޑުން ފެށިގެން ކަކުލާ ހަމަ އަށް ވަނީ ފިހިފަ އެވެ. ނަމަވެސް ލިބުނު އިތުރު ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ އެވެ. ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

ޒަހަމްވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ.