ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންޑިއާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފި
ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންޑިއާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފި

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންޑިއާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފި
ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންޑިއާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފި

ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓުގައި ވަނީ އާ ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރާއްޖޭގެ ވަފުދާއި އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ސީއައިއައިއާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

"މޯލްޑިވްސް އިސް އޯޕަން ފޯ ބިސްނަސް އަގެއިން" ނަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ސިއްހީ ދާއިރާއިންނާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތައް ސީއައިއައިއާ ހިއްސާކޮށްފައިވެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު އިސްކޮށް ހުންނަވައިގެން ދިވެހި ވަފުދުން އިންޑިއާއަށް ކުރަމުން ގެންދާ ދަތުރުގައި، ދިވެހި ސަރުކާރަށް 250 މިލިއަން ޑޮލަރާއި 350 މިލިއަން ޑޮލަރުގެ ފަންޑެއް އިންޑިއާ ސަރުކާރުން ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ޕީއެސްއައިޕީ މަޝްރޫއުތަކާއި ބަޖެޓް ސަޕޯޓާއި ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހޯދުމަށް މަސައްކަތްކުރާ ފައިސާ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި، 87.7 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހޯދަން ހިމަނާފައިވެ އެވެ. އެ ވަރަށް އެހީ ހޯދޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.