ސެއިންޓް ރީޖިސް އަށް އިންޑިއާ ކަނޑުގެ އެންމެ ކަމުދާ ހޮޓަލުގެ އެވޯޑް ލިބިއްޖެ
ސެއިންޓް ރީޖިސް އަށް އިންޑިއާ ކަނޑުގެ އެންމެ ކަމުދާ ހޮޓަލުގެ އެވޯޑް ލިބިއްޖެ

ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް ރިސޯޓަށް އިންޑިއާ ކަނޑުގެ އެންމެ ކަމުދާ ރިސޯޓުގެ އެވޯޑް ލިބިއްޖެ އެވެ.

ދުބާއިގެ ބުރުޖް އަލް އަރަބްގައި އޮތް 2018 ވަނަ އަހަރުގެ އަލްޓިމެޓް ލަގްޒަރީ ޓްރެވަލް އެވޯޑްސްގައި ރާއްޖޭގެ ގިނަ ރިސޯޓްތަކަށް އެކި ދާއިރާތަކުން އެވޯޑް ލިބުނެވެ. އަދި އިންޑިއާ ކަނޑަށް ހާއްސަކުރި ގިނަ އެވޯޑްތަކަކަށް ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓުތައް ނޮމިނޭޓް ވެސް ވި އެވެ.

ސެއިންޓް ރީޖިސް އަށް އެވޯޑް ލިބުނީ އެ ރިސޯޓުގެ މެހެމާންދާރީ އާއި، ފަސްޓް ކްލާސް ކެއުމާއި، ފަތުރުވެރިންގެ ހިތްހަމަޖެހުމަށް ބަލައިފަ އެވެ.

ސެއިންޓް ރީޖިސްގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑާ ބްލެއާ ވިދާޅުވީ އެ އެވޯޑާ އެކު ދުނިޔޭގެ އެކި ފަރާތްތަކުގެ ސަމާލުކަމަށް އެ ރިސޯޓް އައުމުން ވަރަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.