ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި
ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި

ވޮޝިންޓަން (ނޮވެމްބަރު 27) - އެމެރިކާގެ ސްޕޭސް އެޖެންސީ ނާސާގެ ޖައްވީ ރޮބޮޓް މާސްގެ ބިމަށް ތިރިކޮށްފި އެވެ.

ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި
ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި

ނާސާގެ އިންސައިޓް ރޮބަޓް ރެޑް ޕްލެނެޓަށް ތިރިކުރުމަކީ ޖައްވީ ސައެންސްވެރިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ނާސާގެ ރޮބަޓުން ވަނީ މާސްގެ ބިމުގެ ފޮޓޯތައް ޖައްވީ އެޖެންސީ އަށް ވަގުތުން ފޮނުވައިފަ އެވެ.

ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި
ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި

ކެލިފޯނިއާގެ ޖެޓް ޕްރޮޕަލްސަން ލެބޯޓަރީ (ޖޭޕީއެލް) ގެ ނާސާގެ މިޝަން ކޮންޓްރޯލުން ވަނީ އިންސައިޓް ލޭންޑް ކުރުން ފާހަގަކޮށްފަ އެވެ. އެޖެންސީގެ ޗީފް އެޑްމިނިސްޓްރޭޓަ ޖޭމްސް ބްރައިޑެންސްޓައިން ވަނީ އެއީ އާދަޔާޚިލާފު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރައްވައިފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ނާސާގެ ސައެންސްވެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި
ނާސާގެ އުޅަނދު މާސް އަށް ޖައްސައިފި

ނާސާގެ އިންސައިޓް މިޝަންއާ އެކު ވަނީ ބްރީފްކޭސް ސައިޒުގެ ދެ ސެޓެލައިޓް ވެސް މާސް އަށް ފޮނުވައިފަ އެވެ. އިންސައިޓް ރޮބަޓުގެ ސިގްނަލް ދުނިޔެ އަށް ފޮނުވައި ދިނުމުގައި މި ދެ ސެޓެލައިޓުގެ މުހިންމުކަން ބޮޑެވެ.