ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި
ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އިލްމީ ދިރާސާ ފޮތެއް ރޭ ނެރެފި އެވެ.

ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި
ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި

"ޕޮލިޓިކަލް އައިޑެންޓިޓީ ގާއިމް ކުރުމުގައި ބަހުގެ ދައުރު"ގެ ނަމުގައި ނެރުނު ފޮތް ލިޔުއްވީ، ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ގ. އައިނާ އެޑަމްސް، އާމިނަތު އިބްރާހީމެވެ. އެ ފޮތް ނެރެދެއްވީ ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި
ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި

ފޮތް ނެރެދިނުމަށް ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހި ބައެއް ބަސްތައް ވިދާޅުވުމުން ހިތުގައި ބިންވަޅު ނެގިގެންދާ ކަމަށެވެ. އެ ބަސްތައް މީގެ ކުރިން ވެސް އަޑުއިވި އަދި ހަނދާންތައް ގެނެސްދޭ ބަސްތަކަކަށް ވެގެންދާ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި
ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކިޔަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ދެކެމުން އައީ ދިވެހީންނަށް މިނިވަންކަން ހޯދުމާއި މިނިވަންކަން ލިބުމަށް ދިވެހިން އެންމެ ބޮޑަށް ކަސްތޮޅު އަޅުވާފައިވަނީ ދިވެހި ބަހުން ކަމަށެވެ. ދިވެހި ބަސް މިނިވަންވެގެން މެނުވީ ދިވެހީންނަށް މިނިވަންކަން ނުލިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި
ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި

"އަޅުގަނޑުމެން އެއްޗެއް ދެނެގަންނަނީ ބަސްތަކުން. އަޅުގަނޑުމެންގެ ހިތަށް އެއްޗެއް މި ގެންނަނީ، ވިސްނުމެއް މި ވިސްނަނީ މަންޒަރުތަކަކަށް ވުރެ ބޮޑަށް ބަސްތަކުން. ބޭނުންކުރާ ބަސްތައް މިނިވަން ނުވަނީ ނަމަ އަޅުގަނޑުމެންނަށް މިނިވަންވުމަށް، އަޅުގަނޑަށް އަބަދު ވެސް ފެނިފައި އޮންނަނީ އުނދަގޫވާނެކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި
ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ އިލްމީ ފޮތެއް ނެރެފި

ސިޔާސީ އެކި ޕޯޑިއަމްތަކުގައި ނަޝީދު ބޭނުންކުރައްވާ ދިވެހި ބައެއް ބަސްތަކަކީ ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ބަސްތަކެވެ. އެގޮތުން "އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދުން" އަދި "ބިރު ފަހަނައަޅައި ދިއުން" ފަދަ ބަސްތަކަކީ އެކި ޕޯޑިއަމްތަކުގައި އެ މަނިކުފާނު ބޭނުން ކުރައްވާފައިވާ އަދި އާއްމުންގެ މެދުގައި މަގުބޫލު ބަސްތަކެވެ.

އެ ބަސްތަކަކީ، އެހެން ބަސްބަހުގައި ވެސް އާއްމުކޮށް ބޭނުންކުރާ ވާހަކަތަކެއް ކަމަށާއި ނަމަވެސް ދިވެހި ބަހަށް ގެނައުމުން، އެހެން ބަސްބަހަށް ވުރެ ރީތިވެގެންދާކަން ފާހަގަކުރެއްވި އެވެ.

"މިހާރު"އާ ވާހަކަދައްކަމުން އާމިނަތު ވިދާޅުވީ 2005 ވަނަ އަހަރުން ފެށިގެން ދިވެހި ބަހުގެ ތެރެއަށް ވަރަށް ގިނަ އާ ބަސްތައް ވަންނަމުން އައި ކަމަށެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ނަޝީދުގެ ވާހަކަފުޅުތަކުގައި ބޭނުންކުރެއްވި ބަސްފުޅުތައް ވެސް ފާހަގަކޮށްލެވުނު ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ހަފުލާތަކުގައި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ތެރެއިން ވަރަށް މަދު ވާހަކަފުޅެއް ނޫނީ އަޑުއަހާފައިވާ ކަމަށާއި އަދި އެ އަޑުއެހުމުގައި ތަފާތު ބަސްތައް ނޯޓު ކޮށްފައިވާ ކަމަށެވެ. ދިވެހި ބަހުގެ މާސްޓާސް ހެދި އިރު އޭނާގެ ތީސިސް ލިޔުއްވާފައިވަނީ ވެސް ޕޮލިޓިކަލް އައިޑެންޓިޓީ ނުވަތަ ސިޔާސީ ކާކުވަންތަ ގާއިމްކުރުމާ ގުޅޭ ގޮތުންނެވެ. އެއަށް ޑިސްޓިންކްޝަން ލިބިފައިވެ އެވެ.

އެ ފޮތުގެ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ނަޝީދުގެ ތަގުރީރުތަކަށެވެ.

އާމިނަތަކީ ދިވެހި ބަހުން ގިނަ ވާހަކަތައް ލިޔުއްވާފައިވާ އަދި ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަ ފޮތާއި އިލްމީ ދިރާސާތަކާ ގުޅޭ ތިރީހަކަށް ފޮތް މިހާރު ވެސް ޗާޕުކޮށްފައިވެ އެވެ.

ޕޮލިޓިކަލް އައިޑެންޓިޓީ ގާއިމްކުރުމުގައި ބަހުގެ ދައުރު" އަޝްރަފީ ބުކްޝޮޕުން 200ރ. އަށް ލިބެން ހުންނާނެ އެވެ. އަދި 123 ސޮފްހާގެ ފޮތް އޮންލައިންކޮށް ވެސް ލިބޭނެ ކަމަށް ބުންޏެވެ.