26 ނޮވެމްބަރ 2018 - 17:21

ބޭސް އެތެރެކުރުން ހަރުދަނާކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އެސްޓީއޯގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

އެ މިނިސްޓްރީން ބުނީ ބޭހުގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް އެެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެކުރަމުން އަންނަނީ އެސްޓީއޯ އިންނެވެ. އޭގެ އިތުރުން އޭޑީކޭ އަދި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ރާއްޖެއަށް ބޭސް އެތެރެ ކުރެ އެވެ.
ހެލްތު މިނިސްޓަރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލާއި އާސަންދަ އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.