26 ނޮވެމްބަރ 2018 - 13:06

ވެލިންޓަން (ނޮވެމްބަރު 26) - ނިއު ޒީލެންޑުގެ ގޮނޑުދޮށަކަށް ލައްވި 145 ބޮޑު މަސް މަރުވެފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.
ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަން (ޑީއޯސީ) އިން ބުނީ ބޮޑު މަސްތައް ލައްވެފައި ވަނީ ސައުތު އައިލެންޑާ 30 ކިލޯ މީޓަރު ދުރުގައި އޮންނަ ސްޓޫވާޑް އައިލެންޑުގެ ދޮނޑުދޮށަށް ކަމަށެވެ. ބޮޑުމަސްތައް ފެނިފައި ވަނީ އެ ސަރަހައްދަށް ކޭމްޕް ގޮސް އުޅުނު މީހަކަށެވެ. އޭނާ ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފަ އެވެ. ބޮޑުމަސްތައް ފެނުނު އިރު ވެސް ދެބައިކުޅަ އެއްބައި ވަނީ މަރުވެފަ އެވެ.
ނިއު ޒީލެންޑަކީ ބޮޑު މަސް އެންމެ ގިނައިން ލައްވާ އެއް ގައުމެވެ. ޑީއޯސީ އިން ބުނީ އަހަރަކު 85 މިފަދަ ހާދިސާ ދިމާވާ ކަމަށެވެ.
ސައުތު އައިލެންޑުގެ ގޮނޑުދޮށެއްގައި މިދިޔަ އަހަރު ވަނީ 300 ބޮޑު މަސް މަރުވެފަ އެވެ.