ކަސަބު ވިޔަން ދަސްކޮށްދޭ ކޯހެއް ފަށައިފި
ކަސަބު ވިޔަން ދަސްކޮށްދޭ ކޯހެއް ފަށައިފި

އަންހެން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކަސަބު ވިޔުމުގެ ކޯހެއް ފަށައިފި އެވެ.

ކަސަބު ވިޔަން ދަސްކޮށްދޭ ކޯހެއް ފަށައިފި
ކަސަބު ވިޔަން ދަސްކޮށްދޭ ކޯހެއް ފަށައިފި

އަންހެނުން ވިޔަފާރީގެ ދާއިރާއިން ބާރުވެރި ކުރުމަށް އުފައްދާފައިވާ ޖަމިއްޔާ ވިމެން އެންޓަޕްރިނިއަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއާމް) އިން ކުރިއަށް ގެންދާ ކަސަބު ވިޔުމުގެ ކޯހުގައި 30 އަންހެނުން ވަނީ ބައިވެރިވެފަ އެވެ.

ވިއާމްގެ ޗެއާޕާސަން ޝާއިރާ ސަލީމް ވިދާޅުވީ، ކަސަބު ވިޔުމަކީ ރާއްޖޭގައި އުވެމުންދާ މަސައްކަތެއް ކަމުން އަމާޒަކީ ކުރިއަށް އޮތްތަނުގައި މިފަދަ މަސައްކަތް ކުރާ މީހުން އިތުރު ކުރުން ކަމަށެވެ. މިއީ ގޭގައި ތިބެގެން އަންހެނުންނަށް ކުރެވޭނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ މަހު ކަސަބު ވިޔުމުގެ އެޑްވާންސް ކޯހެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޝާއިރާ ވިދާޅުވި އެވެ.

"އެޑްވާސް ކޯހުގައި ހެދުން ކަނޑާށާއި ފަހަށް އަދި ހެދުމުގައި ހިރު ހަރުކުރަން ކިޔަވާދެވޭނެ. މިހާރު ކުރިއަށްދާ ބޭސިކް ކޯހުގައި ދަސްކޮށްދެނީ ކަސަބް ވިޔަން،" އޭނާ ވިދާޅުވި އެވެ.

ކަސަބު ވިޔުމުގެ ބޭސިކް ކޯސް ކުރިއަށްދަނީ މި މަހުގެ 12 އިން 28 ގެ ނިޔަލަށެވެ. މި ކޯހުގައި ކިޔަވާދެނީ ގދ. މަޑަވެލިގައި ކަސަބުވިއުމުގެ ވިޔަފާރި ކުރާ ތިން މީހުންނެވެ.